ކޮންމެހެން ދާން ޖެހިގެން ނޫނީ ރާއްޖެއަށް ދަތުރުނުކުރަން އިޒްރޭލުގެ ރައްޔިތުންނަށް އަންގައިފި
ކޮންމެހެން ދާން ޖެހިގެން ނޫނީ ރާއްޖެއަށް ދަތުރުނުކުރަން އިޒްރޭލުގެ ރައްޔިތުންނަށް އަންގައިފި އެވެ.
އިޒްރޭލުގެ ނެޝަނަލް ސެކިއުރިޓީ ކައުންސިލުން ވަނީ ރާއްޖެއަށް ދަތުރުކުރުމުގެ ރިސްކު ދޭކުން ތިނަކަށް މަތިކޮށްފައި ކަމަށް އެ ގައުމުގެ ނޫސްތަކުން ބުނެފައިވެ އެވެ.
އެފަދައިން ނިންމީ ރާއްޖޭގައި ޓެރަރިޒަމަށް ސަޕޯޓުކުރާ މީހުން ގިނަވުމާއި އަދި އަދި ޔަހޫދީންނާއި ދެކޮޅުވުން ރާއްޖޭގައި އިންތިހާއަށް އިތުރުވެފައިވާތީ ކަމަށް ބުނެ އެވެ.
ރާއްޖޭގެ އިތުރުން އިޒްރޭލުން ވަނީ އަރުމީނިއާ އަށް ދަތުރުކުރުމުގައި ވެސް އެލާޓް ނެރެފަ އެވެ. އެގޮތުން އަރުމީނިއާގައި އިޒްރޭލުގެ ރައްޔިތުންނަށް ނުރައްކާ އޮތް ލެވެލް އެކަކުން ދޭކަށް ވަނީ މަތިކޮށްފަ އެވެ.
ރާއްޖެ ދަތުރު ނުކުރަމަށް އިޒްރޭލުގެ ރައްޔިތުންނަށް އެންގިއިރު އިޒްރޭލުގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުުރުމަށް އިދިކޮޅު އެމްޑީޕީން ވަނީ މަޖިލީހަށް ބިލެއްވެސް ހުށަހަޅައިފަ އެވެ.
އެ ބިލުގެ މަސައްކަތް މަޖިލީހުގެ 241 ކޮމިޓީގައި ކުރަމުންދާ އިރު ބައެއް މެމްބަރުން ވިދާޅުވަމުން ގެންދަވަނީ އިޒްރޭލުގެ ހުރިހާ ރައްޔިތުން ރާއްޖެ އައުން މަނާކުރުމަކީ ރަނގަޅު ކަމެއް ނޫން ކަމަށެވެ.
އަދި މަޖިލީހަށް ހާޒިރުކުރި ކަމާ ބެހޭ އިދާރާތަކުން ވެސް ބުނެފައިވަނީ އިޒްރޭލުގެ ހުރިހާ ރައްޔިތުން މަނާކުރުމުގެ ބަދަލުގައި އެ ގައުމުގެ އިސް ބޭފުޅުން މަނާކުރުން މާ މުހިންމު ކަމަށެވެ.
އޭއްޗިސް މިރަށަށް އަންނާނެ ކަމެއްވެސް ނެތް.