ރަސްފަންނުން ވިހަގަދަ ބޮއްޔެއް ފެންނާތީ ސަމާލުވާން އެދިއްޖެ
ވިހަގަދަ ބޮއްޔެއް ކަމަށްވާ, ކޯންސްނެއިލް މާލޭ ރަސްފަންނުން ފެންނާތީ އެކަމަށް ސަމާލުވުމަށް ތިމާވެށީގެ ދިރުންތަކާ ގުޅޭގޮތުން މަސައްކަތްކުރާ ޖަމިއްޔާ އޯޝަންހޯލިކް މޯލްޑިވްސްއިން އިލްތިމާސްކޮށްފި އެވެ.
އެ ބޮލީގެ ވީޑިއޯއަކާއެކު އެ ޖަމިއްޔާއިން އިއްޔެ ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ އެ ކޯންސްނެއިލްގެ ބައެއް ވައްތަރަކީ ވަރަށް ވިހަގަދަ އަދި ބައެއް ފަހަރު ފުރާނައަށް ވެސް ނުރައްކާވާފަދަ އެއްޗެއް ކަމަށެވެ.
އެ ބޮލި އާންމުކޮށް ފެންނަނީ ހަވީރާއި ރޭގަނޑުގެ ވަގުތުތަކުގައި ކަމަށް އޯޝަންހޯލިކުން ބުނެފައިވެ އެވެ.
އެ ވަގުތުތަކުގައި ރަސްފަންނާ ދިމާ މޫދަށް އެެރި އުޅޭ މީހުން އެކަމަށް ސަމާލުވުމަށް އެދި, އެ ޖަމިއްޔާއިން ވަނީ މޫދަށް އެރޭއިރު ހުސްފައިގައި ނޫޅުމަށާއި ބޫޓަށް އަރައިގެން އުޅުމަށް އިލްތިމާސްކުރާ ކަމަށެވެ.
އެ ޖަމިއްޔާއިން ބުނީ އެ ބޮލީގެ ބާވަތްތަކާއި ސައިޒަށް ބަލާއިރު ކޯން ސްނެއިލަކީ ވަރަށް ވިހަ ގަދަ އަދި ނުރައްކާތެރި އެއްޗެއް ކަމަށެވެ.
ދިރާސާތަކުން ދައްކާ ގޮތުގައި އެ ބޮލީގެ ބައެއް ވައްތަރުތަކުގެ ބޮލީގެ ދަތުން ދޫކުރާ ވިހައިގެ ސަބަބުން ކުޑަވަގުތުކޮޅެއްގެ ތެރޭގައި އިންސާނުންގެ ވާގިނެތުމާއި ހާޓް އެޓޭކްޖެހުމާއި މަރުވުން ފަދަ ކަންކަން ހިނގުން އެކަށީގެންވެ އެވެ.
ތީ އެތައްޒަމާނެއް ކުރިން ރާއްޖެއިން ފެންނަ ބޮއްޔެއް ތީގެ ނުރައްކަލެއް އޮތްކަމެއް އެނގިފައެއްނެތް ކޮބާ ނުރައްކަލަކީ
ކޮބާ ވީޑިއޯ