މަތިވެރީގައި އަންނަ އަހަރު އެއާޕޯޓް އަޅަން ފަށާނެ: ރައީސް
އަންނަ އަހަރު އއ. މަތިވެރީގައި އެއާޕޯޓް އަޅަން ފަށާނެކަމުގެ ޔަގީންކަން ރައީސް ޑރ މުހައްމަދު މުއިއްޒު ދެއްވައިފި އެވެ.
އަރިއަތޮޅު އުތުރުބުރިއާއި މާލެ އަތޮޅުގެ ބައެއް ރަށްތަކަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މިރޭ މަތިވެރިއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ މަތިވެރީގައި އެއާޕޯޓެއް އެެޅުމަކީ އެ ރަށަށާއި އިގުތިސާދީ ގޮތުން ވެސް ދެކޮޅު ޖެހޭ 'އިކޮނޮމިކަލީ ވައިބަލް'ކަމެއް ކަމަށެވެ.
އެގޮތުން މަތިވެރި ކައިރީގައި ރިސޯޓުތައްވެސް ހުރުމާއެކު ލޯކަލް ޓޫރިޒަމްވެސް ފުޅާކޮށް އެ ރަށުގައި އެއާޕޯޓެއް އޮތުމުގެ މުހިންމުކަން ރައީސް ފާހަގަކުރެއްވި އެވެ.
އަދި ރާއްޖޭގެ އެކި ސަރަހައްދުތައް ގުޅުވައިދިނުމަށް ގެންގުޅޭ ސިޔާސަތުތަކުގެ ތެރެއިން ވެސް މަތިވެރީގައި އެއާޕޯޓެއް އަޅަން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.
"އެހެންވީމާ މި އަންނަ އަހަރު އިރާދަ ކުރެއްވިއްޔާމު އެންމެ އިސްކަމެއް ދީގެން އަލަށް ފަށާ އެއާޕޯޓުތަކުގެ ތެރޭގައި މި ރަށުގެ އެއާޕޯޓު އެޅުން ކުރިއަށް ގެންދާނެކަން ޔަގީންކަމާއެކު ތިޔަބޭފުޅުންނަށް ދަންނަވަން" ރައީސް ވިދާޅުވި އެެވެ.
އެމަނިކުފާނު ވިދާޅުވީ މި އަހަރުގެ ބަޖެޓަކީ ނިމިގެން ދިޔަ ސަރުކާރުން އެކުލަވާލައިފައިވާ ބަޖެޓަކަށް ވާތީ ސަރުކަރުން ބޭނުންވާ ގޮތަށް ކަންކަން ކުރިއަށް ނުގެންދެވުނު ކަމަށެވެ.
ރައީސް ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓު އެކުލަވާލައިފައިވާ އިރު އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ ބޯހިޔާވަހިކަމަށް ކަމަށެވެ. އެއީ 1.5 ބިލިއަން ރުފިޔާ އެވެ.
އަދި އެއަށް ފަހު އެންމެ ބޮޑު އިސްކަމެއް ދޭނީ ތައުލީމީ ދާއިރާގެ ތަަރައްގީއާއި ސިއްހީ ދާއިރާގެ ތަރައްގީއަށް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ވަބާއަކަށް މިކަން ވެއްޖެ. ރަސްމާލޭގަވެސް އަޅަންވީ، ހިއްމަފުށީގަވެސް އަޅަންވީ