Monday, 2 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

މަޓާޓޯއިން ކުރެހުމުގެ މުބާރާތެއް ބާއްވަނީ

މަޓާޓޯއިން ކުރެހުމުގެ މުބާރާތެއް ބާއްވަނީ

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މާޓާޓޯ) އިން "ފްރޭމް ބައި މާޓާޓޯ" ގެ ނަމުގައި މުބާރާތެއް ބާއްވަން ނިންމައި، މުބާރާތުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފި އެވެ.

މަޓާޓޯއިން ބުނީ، އެ މުބާރާތާ މައުރަޒަކީ، ދިވެހި އުފެއްދުންތެރިންގެ ހުނަރު ފާހަގަކޮށް، ފަތުރުވެރިކަމުގެ ދާއިރާއިން ދިވެހިރާއްޖޭގެ މުއްސަނދި ސަގާފަތް ފަންނުވެރިން ބޭނުންކޮށްގެން ދައްކާލުމަށް ހާއްސަކޮށްގެން ކުރިއަށްގެންދާ ހަރަކާތެއް ކަމަށެވެ.

އަންނަ އަހަރުގެ އެޑިޝަންގެ މައުލޫ އަކީ "ދަ މޯލްޑިވިއަން މިސްޓިކް" އެވެ. އެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފައި ވަނީ މާދަމާއިން ފެށިގެން އަންނަ މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށެވެ.

Advertisement
Ooredoo — Square (box)

މަޓާޓޯއިން އެ މުބާރާތް ކުރިއަށް ގެންދަން ނިންމާފައިވަނީ ހަތަރު އުމުރުފުރައެއްގެ ފަންނުވެރިންނަށް ބައިވެރިވެވޭނެ ގޮތަށެވެ.

ހުށަހެޅޭ ފަންނުވެރިންގެ މަސައްކަތްތަކަށް ފަނޑިޔާރުކަން ކުރަނީ ރާއްޖެއާއި ރާއްޖެއިން ބޭރުގެ މާހިރުން ހިމެނޭ ޕެނަލައަކުން ކަމަށް މަޓާޓޯއިން ބުނެ އެވެ.

އަދި ހުށަހެޅުންތަކުގެ ތެރެއިން ކޮންމެ އުމުރުފުރައަކުން 10 މަސައްކަތެއް ޝޯޓްލިސްޓްކޮށް، އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ނެޝަނަލް އާޓް ގެލެރީގައި ބޭއްވުމަށް ހަމަޖެހިފައިވާ މަޓާޓޯގެ އާޓް މައުރަޒުގައި ބައިވެރިކުރުމަށް ހަމަޖެހިފައިވާ ކަމަށް މަޓާޓޯއިން ބުންޏެވެ.

އެ މުބާރާތާއި ގުޅޭ އިތުރު މައުލޫމާތާއި، ހުށަހެޅުން ހުށަހަޅާނެ ގޮތުގެ ފްރޭމްވޯކް <a href="https://www.framebymatato.com/">މަޓާޓޯގެ ވެބްސައިޓުން</a> ލިބެން ހުންނާނެ އެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް