Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ވިޔަފާރި

މަސްވެރިންނަށް "އެސްޓީއޯ ރޭޓް" ގައި ތެޔޮ ވިއްކަން ފަށައިފި

މަސްވެރިންނަށް "އެސްޓީއޯ ރޭޓް" ގައި ތެޔޮ ވިއްކަން ފަށައިފި

ކަނޑައެޅިފައިވާ 5 ސަރަަހައްދަކުން މަސްވެރިންނަށް "އެސްޓީއޯ ރޭޓް" ގައި ތެޔޮ ވިއްކަން ފަށާފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ތެޔޮ ރައްކާކުރެވޭނެ ނިޒާމު ގާއިމުކޮށް، ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ރޭޓުގައި މަސްވެރިންނަށާއި އާންމު ރައްޔިތުންނަށް ތެޔޮ ލިބޭނެ މަގުފަހިކޮށްދިނުމުގެ މަސައްކަތް އެ ކުންފުންޏާ ގުޅިގެން ފަށާފައިވާކަން ސަރުކާރުން ހާމަކޮށްފައި ވަނީ މިދިޔަ މަހުގެ 7 ވަނަ ދުވަހު އެވެ.

ކޮންމެ އަތޮޅެއްގައި ތެޔޮ ރައްކާކުރެވޭނެ ނިޒާމު ގާއިމުކުރުމުގެ އެ މަޝްރޫއު އިފުތިތާހުކޮށްދެއްވީ ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

Advertisement
HDC — Sidebar (box)

އެސްޓީއޯއިން މިއަދު ބުނީ މަސްވެރިންނަށް ހެޔޮ އަގުގައި ތެޔޮ ފޯރުކޮށްދިނުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން، ރާއްޖޭގެ ކޮންމެ އަތޮޅެއްގެ މަދުވެގެން އެއް ރަށުން "އެސްޓީއޯ ރޭޓް" ގައި، ފިޝަރީޒް މިނިސްޓްރީގެ "ފަހި ހަކަތަ" ޕޯޓަލް މެދުވެރިކޮށް މަސްވެރިންނަށް ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެގޮތުން އިއްޔެ ފާހަގަކުރި ގައުމީ މަސްވެރިންގެ ދުވަހު ރައީސް އިއުލާނުކުރެއްވި ގޮތަށް، ހުޅުމާލެ ކަންނެލި ޖެޓީގެ އިތުރުން، ކ. ހިންމަފުށި، ޅ. ފެލިވަރު، ގއ. ކޫއްޑޫ، އަދި ސ. ހުޅުމީދޫން އެ ރޭޓުގައި ތެޔޮ ވިއްކަން މިހާރު ފަށާފައިވާ ކަމަށެވެ.

އަދި އަންނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ފިއުލް ސްޓޯރޭޖް ގާއިމުކޮށް، "އެސްޓީއޯ ރޭޓް" ގައި ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖައްސުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް އެ ކުންފުނިން ފާހަގަކުރި އެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް