ހިޔާ ޓަވަރުން ކުއްޖަކު ވެއްޓި މަރުވެއްޖެ
 
                                                        ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ޓަވަރުން ކުއްޖަކު ވެއްޓި މިރޭ މަރުވެއްޖެ އެވެ.
މީޑީއާތަކަށް މިރޭ ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ، ހިޔާ ޓަވަރުން ވެއްޓި މަރުވީ 16 އަހަރުގެ ފިރިހެން ކުއްޖެއް ކަމަށެވެ.
ފުލުހުން ބުނީ އެ ކުއްޖާ ވެއްޓިފައިވަނީ އެޗް-5 ގެ 13 ވަނަ ފްލޯއިން ކަމަށެވެ.
"އެ ކުއްޖަ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ހުޅުމާލޭ ހޮސްޕިޓަލުން މައުލޫމާތުދޭ" ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ.
 
 Ads by Allied Insurance
 
  
  
            
                     
            
                     
            
                     
            
                    
 
		
 
		
 
		
 
		
