ފުލުހަކު ކުއްލި ގޮތަކަށް ނިޔާވެއްޖެ

ފުލުސް އޮފިސަރަކު ކުއްލިި ގޮތަކަށް ނިޔާވެއްޖެ އެވެ.
ރޭގެ ވަގުތެއްގައި ކުއްލި ގޮތަކަށް ނިޔާވީ ތ. ގުރައީދޫ ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ސާޖަންޓް ފާތިމަތު ރިފާ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ "ރިފާ ނިޔާވީ ރޭގައި ކުއްލިއަކަށް ހާލު ދެރަވެގެން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް،" ކަމަށެވެ.
ނިޔާވި އޮފިސަރާ ގުޅޭ އިތުރު މައުލޫމާތެއް ލިބޭގޮތް ވަނީ ނުވެފަ އެވެ. ރިފާ ފުލުހުންގެ ހިދުމަތުގައި މަސައްކަތް ކޮށްފައިވަނީ ކިހާ ދުވަހަކު ކަމެއްވެސް އެނގިފައެއް ނުވެ އެވެ.
އެޕްރީލް މަހުވެސް ވެސް ކުއްލި ގޮތަކަށް ފުލުހަކު ނިޔާވެ، އެކަން ފުލުހުން ހާމަކުރި އެވެ. އޭރު ނިޔާވެފައިވަނީ ފުލުހުންގެ ޗީފް އިންސްޕެކްޓަރު މުހައްމަދު ޒިޔާދު އެވެ.