އިތުރު މިނިސްޓްރީއެއް އަނދައި ހުލިވުމުގެ ކުރިން ފިޔަވަޅު އަޅާ!

މިދިޔަ ބުރާސްފަތި ދުވަހު ތިން މިނިސްޓްރީއެއް ހިންގަމުންދާ މ. ގްރީން ބިލްޑިންގައި ހިނގި އަލިފާނުގެ ހާދިސާގައި އަނދައި ހުލިވީ ހަމަ އެކަނި އިމާރާތެއް ނޫނެވެ. އެތައް ޒަމާނެއްވީ މައުލޫމާތުތައް ވެސް އަނދައި ހުލިވީ އެވެ. ދައުލަތުން އެކި ފަރާތްތަކާއެކު ވެފައިވާ އަހުދުތަކާއި، އިގުރާރުތަކާއި، އެއްބަސްވުންތައް ވެސް ހިމެނޭ ގޮތަށެެވެެ.
ދައުލަތުގެ ކޮންމެ އިދާރާއަކަށް ވަދެ ބަލާލިޔަސް ސީލިންގާ ހިސާބަށް ޖަހާފައި ހުންނަ ހަރުތަކުން ފެންނަނީ އެކި ޒާތްޒާތުގެ ލިޔުންތަކެވެ. 90 ގެ އަހަރުތަކެކޭ އެއްފަދައިން ބައެއް އިދާރާތަކުގައި އަދިވެސް ބޭނުންކުރަނީ ކަރުދާހެވެ. އަަލިފާނުގެ ހާދިސާ ހިނގިއިރު، މާލެ ސިޓީ ކައުންސިލުގެ ލޭންޑް ބިލްޑިން އެންޑް ވައިޓަލް ސާވިސަސް ޑިޕާޓްމަންޓުގެ ވެސް ސީލިންގާއި ޖެހެންދެން ހަރުތަކުގައި ހުރީ އެކި ލިޔުންތަކެވެ.
އުފަންވުމާއި މަރުގެ ރެޖިސްޓްރޭޝަންތަކާއި ލިޔެކިޔުންތަކެވެ. އޭގެ އިތުރުން ރަށްވެހިކަމާއި ގޯތިތަކުގެ ރެޖިސްޓްރޭޝަން ފަދަ ތަކެތީގެ އަސްލު ހިމެނެ އެވެ. އަލިފާނުގައި އެންމެ ބޮޑަށް ގެއްލުންވެފައި ވަނީ އެތަކެތި ހުރި ކޮޓަރިއަށެވެ. ބައެއް ހަރުތައް އެއްކޮށް އަނދައި އަޅިއަށްވި އެވެ.
https://twitter.com/MaleCitymv/status/1868223926624718999
އެމްއެންޑީއެފްގެ އޮފިސަރުންނާއި ކައުންސިލުގެ މުވައްޒަފުން ކުރި ބުރަ މަސައްކަތުން އެ ތަނުގައި ހުރި ވަރަށް ގިނަ އަދަދެއްގެ ލިޔެކިޔުންތަކާއި މުދާ ނެރެ ސަލާމަތް ވެސް ކުރި އެވެ. ދެން އެތަނުގެ މުވައްޒަފުންނަށް ޖެހުނީ ލިޔުންތައް ސަލާމަތްކުރަން ފެނުގެ އަސަރުކުރި ލިޔުންތައް ހިއްކާށެވެ. މިހާރު އެ މަސައްކަތް ކުރިއަށް އެބަދެ އެވެ.
[caption id="attachment_258663" align="alignnone" width="1280"]
ފެނުގެ އަސަރު ކުރި ލިޔުންތައް ހިއްކަނީ - ފޮޓޯ: މާލެ ސިޓީ ކައުންސިލް[/caption]
ދެން އޮތީ ސިސްޓަމްގައި ބެހެއްޓޭ ޑޭޓާތަކުގެ ވާހަކަ އެވެ. ޓެކްނޮލޮޖީ ކުރިއަރައި ޑޭޓާ މެނޭޖްމެންޓް އެކި ސޮފްޓްވެއާތަކާއި ތަފާތު ކްލައުޑްތައް އެބަހުއްޓެވެ. އެކަމަކު، އަދިވެސް ބައެއް އިދާރާތަކުން މައުލޫމާތު ރައްކާކުރަމުންދަނީ އެ މިނިސްޓްރީއެއްގެ ފިޒިކަލް ސާވާގަ އެވެ.
ގްރީން ބިލްޑިންގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލު ކުރުމުގެ މަސައްކަތް ފަޔަފައިޓަރުން ކުރަނީ / ފޮޓޯ:ރައީސް އޮފީސް[/caption]
ފެނުގެ އަސަރު ކުރި ލިޔުންތައް ހިއްކަނީ - ފޮޓޯ: މާލެ ސިޓީ ކައުންސިލް[/caption]
ދެން އޮތީ ސިސްޓަމްގައި ބެހެއްޓޭ ޑޭޓާތަކުގެ ވާހަކަ އެވެ. ޓެކްނޮލޮޖީ ކުރިއަރައި ޑޭޓާ މެނޭޖްމެންޓް އެކި ސޮފްޓްވެއާތަކާއި ތަފާތު ކްލައުޑްތައް އެބަހުއްޓެވެ. އެކަމަކު، އަދިވެސް ބައެއް އިދާރާތަކުން މައުލޫމާތު ރައްކާކުރަމުންދަނީ އެ މިނިސްޓްރީއެއްގެ ފިޒިކަލް ސާވާގަ އެވެ.
ހައުސިން މިނިސްޓްރީގެ ޑޭޓާ ގެއްލިދާނެ ކަމުގެ ބިރު ހީވީ ކީއްވެ؟
މައުލޫމާތުތައް ނުލިބިދާނެ ކަމުގެ ބިރު ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓްރީއަށް ބޮޑުވީ ދުވަހުން ދުވަހަށް ކުރާ މަސައްކަތް ފިޒިކަލް ސާވާގައި ރައްކާކުރަމުން ދިއުމުންނެވެ. ދައުލަތުގެ މައުލޫމާތު ރައްކާތެރިކުރުމަށް އެހީވެދޭ ނޭޝަނަލް ސެންޓާ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ) ގެ ސާވާގައި އެ މިނިސްޓްރީން ރައްކާ ކޮށްފައިހުރި ލޭންޑް ޔޫޒް ޕްލޭންތަކުގެ މައުލޫމާތު އެކަންޏެވެ. ދެން މައުލޫމާތު ރައްކާކުރީ ގޫގުލް ޑްރައިވް އަދި ވަންޑްރައިވްގަ އެވެ. އޭގައި ރައްކާ ކޮށްފައިހުރީ ގެދޮރުވެރިކަމާއި ބިންވެރިކަމުގެ މަޝްރޫއުތަކުގެ މައުލޫމާތުތަކެވެ. މައުލޫމާތު ނުގެއްލޭ ކަމުގެ ޔަގީންކަން ހައުސިން މިނިސްޓަރު ޑރ އަލީ ހައިދަރު އަހުމަދާއި ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ އަބްދުﷲ މުއްތަލިބު އެ ދެއްވަނީ އެ ދެ ޑްރައިވްގައި ހުރި މައުލޫމާތެއް ނުގެއްލި ހުންނާނެ ކަމުގެ ޔަގީން ކަމެވެ. މިނިސްޓްރީން ދުވަހުން ދުވަހަށް ކުރާ މަސައްކަތުގެ ޑޭޓާތައް ފިޒިކަލް ސާވާއަށް ބެކަޕް ކުރާއިރު، ހައިދަރަށް އަންދާޒާ ކުރެވޭ ގޮތުން މިނިސްޓްރީގެ ސާވާ ރިކަވާ ނުކުރެވޭނެ ކަމަށެވެ."އެހެންވެއްޖިއްޔާ އެއީ ވަރަށް ބޮޑު ގެއްލުމެއް. އެއީ އަޅުގަނޑުމެންގެ އަތުގައި ހުރި ހުރިހާ މައުލޫމާތެއް ގެއްލިގެން އެ ދިޔައީ. ވަރަށް ގިނަ މުވައްޒަފުންގެ މައުލޫމާތު އަދި އަޅުގަނޑުމެން ކުރަމުންދިޔަ ހުރިހާ މަޝްރޫއުތަކެއްގެ މައުލޫމާތު ވެސް ރައްކާކުރެވިފައި ހުންނާނީ ސާވާގައި" ހައިދަރު ވިދާޅުވި އެވެ.ފިޒިކަލް ސާވާތަކަކީ ކްލައުޑް ސާވާތަކާ އަޅާބަލާއިރު ސްކޭލަބިލިޓީ، އެކްސެސިބިލިޓީ ފަދަ ކަންކަމުގައި އޭގެ ޒާތުގައި ލިމިޓެޑް ސާވާތަކެކެވެ. އެއާ ހިލާފަށް ޕްރޮފެޝަނަލް ސާވިސް ޕްރޮވައިޑަރުން ރިމޯޓުން މެނޭޖްކުރާ ކްލައުޑް ސާވާތަކުން ގިނަ ފައިދާތަކެއް ލިބެ އެވެ. ކްލައުޑް ސޮލިއުޝަންތަކަކީ ވެސް ވަރަށް ބޮޑަށް ސްކޭލް ކުރެވޭ ސޮލިއުޝަންތަކެއް ކަމުން މިނިސްޓްރީތަކަށް ބޭނުންވާ ގޮތަށް ސްޓޯރޭޖް ކެޕޭސިޓީ އިތުރު ކުރެވޭނެ އެވެ. ކްލައުޑް ސިސްޓަމްތަކުން ޑޭޓާ ރައްކާތެރި ކުރުމަށް އެޑްވާންސް އެންކްރިޕްޝަން އަދި މަލްޓި ފެކްޓާ އޮތެންޓިކޭޝަން ބޭނުންކޮށްގެން ސެކިއުރިޓީ ވަރުގަކުރެވި، މައުލޫމާތުގެ ރައްކާތެރިކަން އިތުރު ކޮށްދެ އެވެ. [caption id="attachment_258711" align="alignnone" width="690"]
ގްރީން ބިލްޑިންގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލު ކުރުމުގެ މަސައްކަތް ފަޔަފައިޓަރުން ކުރަނީ / ފޮޓޯ:ރައީސް އޮފީސް[/caption]
ދައުލަތުގެ އިދާރާތަކުން އެންސީއައިޓީގެ ބޭނުމެއް ނުހިފާ
މައުލޫމާތުތައް ގެއްލިދާނެ ކަމުގެ ބިރު ހީވީ ހަރުދަނާ ޑޭޓާ މެނޭޖްމަންޓާއި ބެކަޕް ސްޓްރެޓެޖީއެއް ނެތުމުންނެވެ. އަދި ސެކިއުރިޓީ ޑޭޓާ ސްޓޯރޭޖްގެ ސެންޓްރަލް ރިޕޮޒިޓަރީއެއްގެ ހިދުމަތް އެންސީއައިޓީން ދެމުންދާއިރު، އޭގެ ބޭނުން ދައުލަތުގެ އިދާރާތަކުން ނުހިފުމުންނެވެ. ކާރިސާތަކުގެ ސަބަބުންނާއި އެހެންވެސް ސަބަބުތަކާ ހެދި ޑޭޓާ ގެއްލުނަ ނުދިނުމަށްޓަކާ، އެންސީއައިޓީގެ ގާބިލުކަން ދައުލަތުގެ އިދާރާތަކުން ފުރިހަމައަށް ބޭނުންކުރަން ޖެހޭކަން ހަމައެކަނި މި ހާދިސާއަށް ބެލިޔަސް ހާމަވެ އެވެ. އަލިފާނުގެ ހާދިސާއާ ގުޅިގެން ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ހައުސިން މިނިސްޓްރީގެ ޑޭޓާ ބަލަހައްޓަމުން ގެންދިޔަ ގޮތް ކަމުނުދާތީ އެކަން އެ މިނިސްޓްރީއަށް މިދިޔަ ސަރުކާރުގައި އެންގި ކަމަށެވެ. އެކަމަކު އެ މިނިސްޓްރީން އެކަމާ ދެކޮޅު ހެދީ ކަމަށް ވިދާޅުވި އެވެ."މިހާރު މި އެނގުނީ ހުރިހާ ޑޭޓާއެއް ހުރީ ހައުސިންގެ ތެރޭ ލޯކަލް ސާވާއެއްގައި ކަން. މިއީ ނެގްލިޖެންސްއެއް،" އެ ޕޯސްޓުގައި މަލީހު ވިދާޅުވި އެވެ.މަލީހުގެ މިނިސްޓަރު ކަމުގައި މައުލޫމާތު ރައްކާކުރުމަށް ކުރެވުނު މަސައްކަތްތައް ކިޔައިދެއްވަމުން "ދެން"އަށް އޭނާ ވިދާޅުވީ އެންސީއައިޓީގައި ޑޭޓާ ބެކަޕް ކުރަން ބާރު އެޅިފައިވާނެ ކަމަށެވެ.
"އަޅުގަނޑު މިނިސްޓަރަކަށް ހުރި އިރު، ހުރިހާ މިނިސްޓްރީއަކަށް ލިޔެ، އަންގާފައިވާނީ އެންސީއައިޓީގެ ސާވާގައި ބެކަޕްކުރަން،" މަލީހު ވިދާޅުވި އެވެ.އޭނާ ވިދާޅުވީ އެހެން އެދުނީ ހައުސިން މިނިސްޓްރީގެ ސާވާއަށް އޭރު ސައިބާ އެޓޭކެއް އައުމުން ކަމަށެވެ. މަލީހު ވިދާޅުވީ، އޭރު ޑިޒާސްޓާ ރިކަވަރީ ސެންޓަރު، ހދ. ކުޅުދުއްފުށީގަ އާއި ޏ. ފުވައްމުލަކުގައި ގާއިމްކުރުމުގެ މަސައްކަތް ވެސް ކުރިއަށް ގެންދެވުނު ކަމަށެވެ. "އެކަން ކުރަން އުޅުނީ މާލެ ސަރަހައްދަށް ސުނާމީ ފަދަ ކާރިސާއެއް ކުރިމަތިވިޔަސް، އެ ދެ ރަށުގައި އެ ސަލާމަތް ކުރެވިދާނެތީ،" މަލީހު ވިދާޅުވި އެވެ. https://twitter.com/maleehjamal/status/1867826016816967883






ކޮމެންޓް