މަޑިފުށިން މީހަކު ގެއްލިގެން ހޯދަނީ

ތ. މަޑިފުށިން މީހަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.
ފުލުހުންގެ ރަސްމީ އެކައުންޓުން 'އެކްސް' ގައި ކުރި ޕޯސްޓެއްގައި ބުނީ ގެއްލިގެން ހޯދަމުން ދަނީ އެރަށު ބޮންތި، ހަސަން ނިހާލު، (34އ) ކަމަށެވެ.
ފުލުހުން ބުނީ، އޭނާ ގެއްލިގެން ރިޕޯޓް ކޮށްފައިވަނީ މިދިޔަ އާދިއްތަ ދުވަހުގެ ރޭ 8:07 ހާއިރު ކަމަށެވެ.
ފުލުހުން ވަނީ ނިހާލްއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 ނުވަތަ މަޑިފުށި ޕޮލިސް ސްޓޭޝަންގެ ނަންބަރު 9868475 އަށްށް ގުޅާ ހިއްސާކުރުމަށް އެދިފަ އެވެ.