ބުރިޖުގައި ސައިކަލެއް ކަހާލައި ދެ އަންހެނަކަށް އަނިޔާވެއްޖެ

ސިނަމާލެ ބުރިޖުގައި ދުއްވަމުން ދިޔަ ސައިކަލެއް ކަހާލައި އެކްސިޑެންޓެއް ހިނގައިފި އެވެ.
މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ފުލުހުން އެ ސައިކަލު ކަހާލައި ވެއްޓުމުން ދެ އަންހެނަކަށް އަނިޔާވި ކަމަށެވެ.
ނަމަވެސް އެ އަނިޔާގެ ތަފްސީލެއް ފުލުހުން ނުދެ އެވެ.
ސިނަމާލެ ބުރިޖުގައި ބަހަކާއި ކާރެއް ވެސް ޖެހި އެކްސިޑެންޓެއް ވެސް ހިނގިކަމަށް ފުލުހުން ބުނެފައި ވެއެވެ.
ފުލުހުން ބުނީ އެ ސަރަހައްދުގައި މިހާރު ހަރަކާތްތެރިވަމުންދާ ކަމަށެވެ.