ގުރައިދޫގައި މަރުވި ތުއްތު ކުއްޖާ ވަޅުލައިފި

ކ ގުރައިދޫގައި މަރުވި 4 މަހުގެ ކުއްޖާގެ ހަށިގަނޑުގެ ޕޯސްޓް މޯޓަމް ހެދުމަށް ފަހު ވަޅުލައިފި އެވެ.
މި މަހުގެ 13 ވަނަ ދުވަހު މަރުވި ހަތަރު މަހުގެ ސާމީ ބިން ސައިފުﷲ ސައީދުގެ މަރުގައި ޝައްކުތަކެއް އުފެދޭތީ އެ މައްސަލަ ފުލުހުން ދިޔައީ ތަހުގީގުކުރަމުން ނެވެ.
އަދި މި މަހުގެ 18 ވަނަ ދުވަހު ހަތަރު މަހުގެ އެ ކުއްޖާގެ ހަށިގަނޑުހެ ޕޯސްޓްމޯޓަށް ހަދަން އިންޑިއާއަށް ވެސް ފޮނުވައިފަ އެވެ.
ނަމަވެސް އޭގެ ނަތީޖާ އަދި ފުލުހުން ހާމަނުކުރާ އިރު މިއަދު އަސުރު ނަމާދަށް ފަހު އެ ކުއްޖާ ވަނީ ހުޅުމާލެ ސަހަރާގައި ވަޅުލައިފަ އެވެ.
ގުރައިދޫގެ ކައުންސިލް މެންބަރު, އިބްރާހިމް ޝަލީޒް މީގެ ކުރިން އެ ކުއްޖާގެ މަރާ ގުޅޭ ގޮތުން ވިދާޅުވީ އެ ކުއްޖާ ހެލްތް ސެންޓަރަށް ގެންދިޔައީ ކުއްޖާ މަންމައާއި ބައްޕަ ނިދަން އުޅެފައި ބެލިއިރު އެ ކުއްޖާ ނޭވާ ނުލާހެން ހީވެގެން ކަމަށެވެ.
ޑޮކްޓަރާ ހަވާލާދީ ޝަލީޒް ވިދާޅުވީ ހެލްތު ސެންޓަރަށް ގެންދިޔައިރުވެސް އެ ތުއްތު ކުއްޖާ މަރުވެފައިވާ ކަމަށެވެ.
އަދި ކުއްޖާގެ ނޭފަތުން ލޭވޭސް ފޭބި ކަމަށް ޑޮކްޓަރާ ހަވާލާދީ އޭނާ ވިދާޅުވި އެވެ. އެހެންނަމަވެސް އެ ކުއްޖާގެ ބޭރު ފުށުން އެއްވެސް އަނިޔާއެއް ފެންނަން ނެތްކަން ޝަލީޒް ފާހަގަކުރެއްވި އެވެ.
އަދި ކިރިޔާ ހަގީގަތަށް ލިޔެވުނީ ނޫހެއްގަ