Sunday, 1 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ބިންވެރިޔާ ތަހުގީގާ ގުޅޭ ގޮތުން ސީޕީ އާއި އެޗްޑީސީގެ އެމްޑީ މަޝްވަރާކޮށްފި

ބިންވެރިޔާ ތަހުގީގާ ގުޅޭ ގޮތުން ސީޕީ އާއި އެޗްޑީސީގެ އެމްޑީ މަޝްވަރާކޮށްފި

މިހާރު ފެންމަތިވެގެން އުޅޭ "ބިންވެރިޔާ" ސްކީމުގެ ކޮރަޕްޝަންގެ މައްސަލައާގުޅޭ ގޮތުން އެޗްޑީސީއާއި ފުލުހުންނާ މަޝްވަރާތަކެއް ކޮށްފި އެވެ.

ޝަރުތު ހަމަނުވިޔަސް ގޯތި ދޫކުރި މީހުންގެ ތެރޭގައި އެޗްޑީސީގެ ކުރީގެ އެމްޑީ ފަޒުލް ރަޝީދުގެ ބޭބެ އަދި އެމްޑަބްލިޔުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދާއި އެހެން މީހަކު ހިމެނޭ މައްސަަލައެއް ފެންމަތިވިފަހުން ފަޒުލް މަގާމުން ސަސްޕެންޑްކޮށްފައިވަނިކޮށް ފަހުން ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.

އޭގެ ފަހުން އެޗްޑީސީގެ އެމްޑީގެ މަގާމަށް މުހައްމަދު މައުރޫފް ޖަލީލް ވަނީ އައްޔަނުކޮށްފަ އެވެ.

Advertisement
Ooredoo — Square (box)

ފުލުހުންނާއެކު މިއަދު ބޭއްވި ބައްދަލުވުމުގައި މައުރޫފް ބައިވެރިވެލެއްވި އިރު އެ ބައްދަލުވުމުގައި ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

އެ ބައްދަލުވުމުގައި މިހާރު ކުރިއަށްދާ، ގެދޮރުވެރިޔާ އަދި ބިންވެރިޔާ ސްކީމާ ގުޅޭގޮތުން ހިނގަމުންދާ ތަހުގީގާ ބެހޭގޮތުން ވެސް މަޝްވަރާ ކުރިކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.

ބިންވެރިޔާ ސްކީމުގެ މައްސަލަ ފުލުހުން ބަލަން ފަށާފައިވާާ އިރު ފުލުހުން ބަލަނީ ޑޮކިއުމެންޓުތަކެއް ފޯޖުކުރި މައްސަލަ އެވެ.

އެ މައްސަލަގައި އެއްވެސް މީހެއްގެ މައްޗަށް ޖިނާއީ ތުހުމަތެއް ކުރެވޭނެމަ އެކަން ތަހުގީގުކުރުމަށްފަހު ދައުވާކުރުމަށްޓަކައި ހުށަހެޅުމަށް  ޕްރޮސިކިއުޓާ ޖެނެރަލް އައްބާސް ޝަރީފް ވަނީ އޭސީސީއަށް ވެސް އަމުރުކޮށްފަ އެވެ.

ބިންވެރިޔާގެ ސްކީމްގެ މައްސަަލައިގައި އަދި އެއްވެސް މީހަކު ހައްުޔަރެއް ނުކުރެ އެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް