މިއަދުގެ ރީތި ތާރީހުގައި މާލޭގައި 52 ކައިވެނި

މިއަދުގެ ރީތި ތާރީހުގައި މާލޭގައި ގައި 52 ކައިވެނި ކޮށްދޭން ހަމަޖެހިފައިވާނެ ކަމަށް ފެމެލީ ކޯޓުން ބުނެފި އެވެ.
ފެމިލީ ކޯޓުން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މިއަދު 16 ކައިވެންޏެއް ކޮށްދިނުމަށް ހަމަޖެހިފައިވަނީ ރަސްމީ ގަޑީގަ އެވެ. އަދި 36 ކައިވެނި ކޮށްދިނުމަށް ހަމަޖެހިފައިވަނީ ނުރަސްމީ ގަޑީގަ އެވެ.
ކައިވެންޏަށް ތައްޔާރުވާއިރު ރީތި ތާރީހުތަކަށް ގިނަ ބަޔަކު އިސްކަންދެ އެވެ. އެގޮތުން މިއަހަރު ދެން އެންމެ ގިނަ މީހުން ކައިވެނި ކޮށްފައިވަނީ އޭޕްރީލް މަހުގެ 24 ގަ އެވެ. އެއީ 24.4.24 ގަ އެވެ. އެ ދުވަހު 38 ކައިވެނި ކޮށްދީފައިވެ އެވެ.
މި އަހަރުގެ ޖަނަވަރީ މަހުން ފެށިގެން ނޮވެންބަރު މަހުގެ ނިޔަލަށް ފެމިލީ ކޯޓުން 2128 ކައިވެންޏާއި 1249 ވަރި ކޮށްދީފައިވެ އެވެ.
މިއަހަރު ފެމިލީ ކޯޓުން ކޮށްދީފައިވާ ކައިވެނިތަކާއި ވަރީގެ ތަފްސީލް:
- ޖަނަވަރީ މަހު 174 ކައިވެނި 88 ވަރި
- ފެބްރުއަރީ މަހު 211 ކައިވެނި 131 ވަރި
- މާޗު މަހު 161 ކައިވެނި 110 ވަރި
- އޭޕްރީލް މަހު 144 ކައިވެނި 60 ވަރި
- މޭ މަހު 238 ކައިވެނި 124 ވަރި
- ޖޫން މަހު 195 ކައިވެނި 81 ވަރި
- ޖުލައި މަހު 228 ކައިވެނި 167 ވަރި
- އޮގަސްޓް މަހު 186 ކައިވެނި 147 ވަރި
- ސެޕްޓެމްބަރު މަހު 194 ކައިވެނި 98 ވަރި
- އޮކްޓޯބަރު މަހު 205 ކައިވެނި 148 ވަރި
- ނޮވެންބަރު މަހު 192 ކައިވެނި 95 ވަރި






ކޮމެންޓް