Tuesday, 3 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ރާއްޖެއިން ބޭރުކުރަން އުޅުނު 582 ކިލޯގެ މިޔަރާއި މަޑިމަސް ނައްތާލައިފި

ރާއްޖެއިން ބޭރުކުރަން އުޅުނު 582 ކިލޯގެ މިޔަރާއި މަޑިމަސް ނައްތާލައިފި

ގަވައިދާ ހިލާފަށް ރާއްޖެއިން ބޭރުކުރަން އުޅުނު 582 ކިލޯގެ މިޔަރާއި މަޑިމަސް އަތުލައިގެންފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވީސް އިން މިއަދު ބުނެފި އެވެ.

ކަސްޓަމުން "އެކްސް" ގައި ކުރި ޕޯސްޓުގައި ބުނީ އަތުލައިގަތް ތަކެތި ނައްތާލާފައިވަނީ މިދިޔަ އާދިއްތަ ދުވަހު ކަމަށެވެ.

މީގެ ކުރިންވެސް ރާއްޖެއިން ބޭރުކުރަން އުޅުނު މިޔަރު އަދި މަޑިމަސް ހިފައްޓައި، ކަސްޓަމްސްއިން އެތަކެތި ނައްތާލާފައިވެ އެވެ. އަދި މިޔަރު މަހާއި މަޑި މަސްވެރިކަން ކުރި މީހުން ހިފައްޓާފައިވެސްވެ އެވެ.

Advertisement
HDC — Sidebar (box)

ނެތި ދިޔުމުގެ ބިރުހީވެފައިވާ ދިރޭތަކެތީގެ ބައިނަލްއަގްވާމީ ވިޔަފާރި ކޮންޓްރޯލްކުރުމުގެ ގާނޫނުގެ ދަށުން މިޔަރާއި މަޑީގެ ބާވަތްތައް ބޭރުކުން މަނާވާނެ އެވެ.

އެފަދަ އަމަލެއް ކޮށްފި ފަރާތެއް 5000ރ އާއި 500,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމުގެ އިތުރުން ޖިނާއި ދައުވާ އުފުލޭނެ އެވެ.

އަދި މަސްވެރިކަމުގެ އާންމު ގަވާއިދުގެ ދަށުން މިޔާރި މަޑިމަސް ބޭރުކުރުން މަނާވާނެ އެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް