Tuesday, 3 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ކައިވެނިކުރަން ފިލައިގެން ދިޔަ ކުއްޖާ މަރާލި މީހުން ހައްޔަރުކޮށްފި

ކައިވެނިކުރަން ފިލައިގެން ދިޔަ ކުއްޖާ މަރާލި މީހުން ހައްޔަރުކޮށްފި

18 އަހަރުގެ އަންހެން ކުއްޖަކު އޭނާގެ ލޯބިވެރިޔާއާ ކައިވެނިކުރުމަށް ފިލައިގެން ދިޔުމުން އޭނާ މަރާލި މީހުން ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މި ހާދިސާ ހިނގާފައިވަނީ މިދިޔަ ޑިސެންބަރު މަހުގެ 23 ވަނަ ދުވަހުގައި ޕާކިސްތާނުގެ ޕަންޖާބު ސޫބާގައި ހިމެނޭ ޗިނިއޯޓު ސިޓީގައި ކަމަށެވެ.

މީގެ އިތުރުން ފުލުހުން ބުނީ އަންހެން ކުއްޖާ އޭނާގެ އަމިއްލަ އިހްތިޔާރުގައި ކައިވެނިކުރުމަށް ޓަކައި ފިލައިގެން ދިއުމުން އޭނާގެ ބައްޕަ އާއި ބޮޑުބޭބެ އޭނާ ހޯދައި، ގެއަށް ގެނެސް، އަނިޔާކޮށް މަރާލާފައިވާ ކަމަށެވެ.

Advertisement
Ooredoo — Square (box)

މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށްވެސް ފުލުހުން މައުލޫމާތު ދީފައިވެ އެވެ.

މިފަދަ "ނަމޫސް" ގެ ނަމުގައި ކުރާ މަރުތައް ޕާކިސްތާނުގައި އަދިވެސް ވަރަށް ގިނަ އެވެ. އަދި މިފަދަ ކަންކަމާ ދެކޮޅަށް ގާނޫނު ހަރުދަނާކުރުމަށް އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ގޮވާލަމުންދެ އެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް