Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

އިރުވައި މޫސުން ފެށުނީ ފެށިއްޖެ

އިރުވައި މޫސުން ފެށުނީ ފެށިއްޖެ

ރާއްޖެއަށް އިރުވައި މޫސުން އިއްޔެ ފެށިފައިވާ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން މިއަދު ބުނެފި އެވެ.

ރާއްޖޭގައި އޮންނަ ދެ މޫސުމުގެ ތެރެއިން އިރުވައި މޫސުމަކީ މީލާދީ ގޮތުން ބަލާއިރު ގާތްގަނޑަކަށް ޖެނުއަރީ މަހުން ފެށިގެން މާޗް މަހުގެ ނިޔަލަށް ދެމިގެންދާ މޫސުމެކެވެ. އަދި ހުޅަނގު މޫސުމަކީ މޭ މަހުން ފެށިގެން ގާތްގަނޑަކަށް ނޮވެމްބަރު މަހުގެ ނިޔަލަށް ދެމިގެންދާ މޫސުމެކެވެ.

މެޓް އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ އިރުވައި މޫސުން ފެށި އޭގެ އަސަރުތައް އާއްމު ގޮތެއްގައި ޑިސެމްބަރު މަހުގެ ދެވަނަ ނުވަތަ ތިންވަނަ ހަފްތާގައި އުތުރާއި ރާއްޖޭގެ އަތޮޅުތަކުން ފެންނަ ކަމަށެވެ. އަދި ޖެނުއަރީ މަހުގެ މެދު ތެރޭގައި މުޅި ރާއްޖެއަށް އިރުވައި މޫސުން ފެށިގެންދާ ކަމަށެވެ.

Advertisement
Allied — Dhen Online (box)

ނަމަވެސް، ނިމިދިޔަ އަހަރުގެ އިރުވައި މޫސުން ރާއްޖެއަށް ފެށިފައިވަނީ އިއްޔެ ކަމަށް މެޓް އޮފީހުން ބުނެ އެވެ.

މެޓުން ބުނި ގޮތުގައި އިރުވައި މޫސުން ފެށިއްޖެ ކަމަށް ބަލަނީ ވައިގެ މިސްރާބު އިރުމަތިން ހުރެފައި، ގަޑިއަކު 10 ނޯޓިކަލް މޭލަށްވުރެ ބާރުމިނުގައި ވައި ޖެހުމުންނެވެ. އަދި އެހާލަތު ވިދި ވިދިގެން ދެ ދުވަހަށް ވުރެ އިތުރުވާނަމަ އެވެ.

ރާއްޖެއަށް އިރުވައި މޫސުން ފެށުން ލަސްވިކަން މެޓް އޮފީހުން ފާހަގަ ކޮށްފައިވާއިރު، މޫސުމީ ބަދަލުތައް ރާއްޖެއިން ފެންނަމުންދާކަން ތަޖުރިބާކާރުން ފާހަގަ ކުރެ އެވެ.

އެގޮތުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ވޯލްޑް ބޭންކުން ނެރުނު ކަންޓްރީ އެންޑް ކަލައިމެޓް ޗޭންޖް ޑިވެލޮޕްމަންޓް ރިޕޯޓްގައި ފާހަގަ ކޮށްފައިވާ ގޮތުން، ރާއްޖޭގެ ކަނޑުގެ ލޮނުގަނޑު ދަނީ އުފުލެމުންނެވެ.

އަދި ފިނި ހޫނުމިން ބަދަލުވަމުންދާތީ، ރާއްޖޭގެ ފަރުތައް ހަލާކުވަމުންދާކަން ވެސް ފާހަގަ ކޮށްފައިވެ އެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް