ޚަބަރު

ބޮޑު ބޯޓު ގެނައުން ފާހަގަކުރަން މޯލްޑިވިއަނުން ހާއްސަ ހަވީރެއް ބާއްވަނީ

. ، ދެން އޮންލައިން
މޯލްޑިވިއަނުން މީގެ ކުރިން ކުޑަކުދިންނަށް ހާއްސަކޮށްގެން ބޭއްވި އިވެންޓެއްގެ ތެރެއިން

ގައުމީ އެއާލައިން, މޯލްޑިވިއަނުން ގެންނަ ފުރަތަމަ ވައިޑް- ބޮޑީ މަތިންދާބޯޓު (އެއާބަސް އޭ-330) ގެނައުމުގެ އުފަލުގައި ހާއްސަ ހަވީރެއް ބާއްވަން އެ ކުންފުނިން ނިންމައިފި އެވެ.

Ads by MWSC

264 މީހުންގެ ޖާގައިގެ މަތިންދާބޯޓު ހޯމަ ދުވަހު ރާއްޖެ ގެންނައިރު ބޯޓު ދައްކާލުމަށް މާލޭގެ އުސްފަސްގަނޑު ސަރަހައްދާއި ހުޅުމާލޭގެ ފޭސް އެކެއް އަދި ފޭސް ދޭއް ހިމެނޭ ސަރަހައްދުގައި އެއާ ޝޯ އެއް ބާއްވަން މޯލްޑިވިއަނުން ނިންމާފައިވެ އެވެ.

މޯލްޑިވިއަނުން ބުނީ އެއާ ޝޯގެ އިތުރަށް ބާއްވާ "މޯލްޑިވިއަން ހަވީރީ އުފާ" އޮންނާނީ އަންނަ ހޮނިހިރު ދުވަހުގެ 4 އިން 6 އަށް ހުޅުމާލޭ ސެންޓްރަލް ޕާކުގަ އެވެ. އެއާ ޝޯގެ ފޮޓޯ ކޮމްޕެޓިޝަންގެ ލަކީޑްރޯ ނެގުންވެސް އޮންނާނީ އެ ދުވަހު އެވެ.

މޯލްޑިވިއަންގެ މެނޭޖާ ލޯންޖު ސާވީސް ފަޒްލާ އަހުމަދު ދައުލަތުގެ މީޑިއާ، ޕީއެސްއެމް ގައި ވިދާޅުވީ އެ ހަވީރުގައި ކުންފުނީގެ ހުރިހާ ޑިޕާޓްމެންޓުތަކުގެ ސްޓޯލަކާ ފުޑް ސްޓޯލެއް ހުންނާނެ ކަމަށެވެ. އަދި ސްޓޭޖްމަތީގެ ހަރަކާތްތަކެއްވެސް އޮންނާނެ ކަމަށެވެ. އޭގެ އިތުރުން މޯލްޑިވިއަންގެ ތާރީހު ދައްކުވައިދޭ ފޮޓޯ ގެލަރީއެއްވެސް ކުރިއަށްދާނެ އެވެ.

"އެކި ސްޓޯލްތަކުން އެއާ ކްރާފްޓާ، މޮކްއަޕްތަކާއި ސައިޓް ސީންއާއި ޗެކިން އަދި ބޯޑިން ޕްރޮސެސްގެ އެކްސްޕީރިއަންސް ކޮށްލެވޭނެ. ބައިވެރިވާ ކުޑަކުދިންނަށް ހާއްސަ އިނާމުތަކެއް ލިބިގެންދާނެ" ފަޒްލާ ވިދާޅުވީ އެ ހަވީރުގައި އެކި އިނާމުތައް ލިބޭ ލަކީޑްރޯނެގުންވެސް ކުރިއަށްދާނެ ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!