Friday, 6 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ދެ ޕަސެންޖާ ލައިނާއެއް، ޓްރެފިކް ބާރުބޮޑުވާނެ

ދެ ޕަސެންޖާ ލައިނާއެއް، ޓްރެފިކް ބާރުބޮޑުވާނެ

ދެ ޕަސެންޖާ ލައިނާއަކުން ގިނަ އަދަދެއްގެ ފަތުރުވެރިން ޖެޓީ ސަރަހައްދަށް ފައިބާތީވެ، އެ ސަރަހައްދަށް ބާރުބޮޑުވާނެތީ އެކަމަށް ސަމާލުވުމަށް ފުލުހުން މިއަދު އިލްތިމާސްކޮށްފި އެވެ.

ފުލުހުންގެ ރަސްމީ އެކައުންޓުން "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނީ ޕަސެންޖާ ލައިންތަކުން ގިނަ އަދަދެއްގެ ފަތުރުވެރިން މިއަދާއި މާދަމާ 1 ނަންބަރު ޖެޓީ އާއި 2 ނަމްބަރު ޖެޓީން މާލެއަށް އަރައި ފޭބުމަށް ހަމަޖެހިފައިވާތީ، އެ ސަރަހައްދުގެ ޓްރެފިކަށް ބާރުބޮޑުވާނެ ކަމަށް ބެލެވޭ ކަމަށެވެ.

އެހެންވެ އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ހާއްސަ ސަމާލުކަމެއްދީ، ހަރަކާތްތެރިވާ ފުލުހުންދޭ އިރުޝާދާ އެއްގޮތަށް މަތިން އަމަލުކުރެއްވުމަށް އިލްތިމާސްކޮށްފައިވެ އެވެ.

Advertisement
Allied Insurance — Square (box)

ހުސްވި ޑިސެމްބަރު މަހު ދެ ކްރޫޒްލައިނާއަކުން 4،000 އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހު "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނީ އެމްއެސް ނޯވޭޖިއަން ސްކައިން 1،870 ފަތުރުވެރިންނަށް އަދި އެމްއެސް ރިވިއޭރާގެ 1،179 ފަތުރުވެރިއަކަށް ކްލިއަރެންސް ދީފައިވާ ކަމަށެވެ.

އަދި ނޯވޭޖިއަން ސްކައިގެ 862 ފަޅުވެރިއަކާއި ރިވިއޭރާގެ 747 ފަޅުވެރިއަކަށް ވެސް ކްލިއަރެންސް ދީފައިވާ ކަމަށް އިމިގްރޭޝަނުން ބުނެފައިވެ އެވެ.

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޔޮޓް އެޖެންޓްސް, މާޔާ މޯލްޑިވްސްއިން ބުނެފައިވާ ގޮތުގައި ހައި ސީޒަން ނިމުމުގެ ކުރިން އިތުރު 12 ކްރޫޒްލައިނާ ރާއްޖެ އައުމަށް ތާވަލުކޮށްފައިވާ ކަމަށެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް