Saturday, 7 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ޝިފާޒްއާ ޑެމްސްގެ އިސް ބައެއް ބޭފުޅުން އެނބުރި އެމްޑީޕީއަށް

ޝިފާޒްއާ ޑެމްސްގެ އިސް ބައެއް ބޭފުޅުން އެނބުރި އެމްޑީޕީއަށް
ކުރީގެ ރައީސް މުހައްމަދު ނަޝީދު، އިސްވެ ހުންނަވާ އުފެއްދެވި ދަ ޑިމޮކްރެޓްސްގެ ލީޑާޝިޕްގައި ހިމެނިވަޑައިގެންނަވާ ބޭފުޅުންތަކެއް އަލުން އަނބުރާ އެމްޑީޕީއާ ގުޅިވަޑައިގެންފި އެވެ. އެމްޑީޕީއަށް ސޮއިކުރީ ޑިމޮކްރެޓްސްގެ ނައިބް ރައީސް މުހައްމަދު ޝިފާޒު، އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ރަޝާދު އަދި މެދުހެންވޭރު ދާއިރާގެ ކުރީގެ މެމްބަރު އަލީ އާޒިމްގެ އިތުރުން  ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން (ޖީއެމްއައިޒެޑްއެލް) ގެ ކުރީގެ އެމްޑީ އިބްރާހިމް ރަޝީދު (މާމިގިލި އިބޫ) އެވެ. އެ 3 ބޭފުޅުންގެ ތެރެއިން ރިޔާސީ އިންތިހާބުގައި ޑިމޮކްރެޓްސް އިން ނެރުނު ރިޔާސީ ކެންޑިޑޭޓް, ހުޅުދޫ ދާއިރާގެ ކުރީގެ މެންބަރު އިލްޔާސް ލަބީބްގެ ރަނިން މޭޓް ކަމަށް ވާދަކުރެއްވި އަމްރު، އަލުން އެމްޑީޕީއާ ގުޅިވަޑައިގެންނެވިކަން އެ ޕާޓީން ރަސްމީކޮށް ޔަގީންކޮށްދީފައިވެ އެވެ. ޝިފާޒް އަދި އާޒިމްގެ އިތުރުން އިބޫ ގުޅިވަޑައިގެންނެވިކަން ރަސްމީކޮށް ހާމަކޮށްފައިނުވި ނަމަވެސް ދެ ޕާޓީގެ އިސް ފަރާތްތަކުން ވަނީ "ދެން" އަށް އެކަން ޔަގީންކޮށްދީފަ އެވެ. އަމްރުއަށް މަރުހަބާ ވިދާޅުވެ ހުޅުމާލެ ދާއިރާގެ ކުރީގެ މެންބަރު, އަލީ ނިޔާޒު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސިޔާސީ އިސްލާހީ މަސައްކަތުގަ އަބަދުވެސް އެންމެ މުހިއްމު މަސައްކަތެއް ކުރެވޭނެ ޖާގަ އޮންނާނީ އެމްޑީޕީގައި ކަމަށެވެ. އަދި އެ ފުރުސަތު ސިޔާސީ ކުރިމަގު ހޯދަން އެދޭ ކޮންމެ މީހަކަށް އެމްޑީޕީގައި ތައްމިނަށް ހުޅުވިފައިވާ ކަމަށް ނިޔާ ވިދާޅުވި އެވެ. https://twitter.com/ali_niya/status/1877776092679065620 ޑިމޮކްރެޓްސް އުފެއްދުމުގައި އިސް ދައުރެއް އަދާކުރައްވާފައިވާ އެ ބޭފުޅުންގެ ތެރެއިން އަލީ އާޒިމަކީ އެމްޑީޕީން ވަކިކުރި ބޭފުޅެކެވެ. ސަބަބަކީ މިދިޔަ ސަރުކާރުގައި ޗާގޯސް މައްސަލަ ހޫނުވި ދުވަސްވަރު އޭރުގެ ބަންޑާރަ ނައިބު, އިބްރާހިމް ރިއްފަތުގެ އިތުބާރުނެތް ކަމުގެ މައްސަލާގައި ސޮއިކުރުމާ ގުޅިގެންނެވެ. އޭރުވެސް އެމްޑީޕީގެ އެތެރޭގެ ކޯޅުންތައް ބޮޑެވެ. އެ ކޯޅުން ފެށިފައިވަނީ ޗެއާޕާސަން އިންތިހާބާ ދިމާކޮށެވެ. އެއަށްފަހު ރިޔާސީ އިންތިހާބުގެ ޕްރައިމަރީއާ ދިމާކޮށް އެ ކޯޅުން ބޮޑުވި އެވެ. އެކަމާ ގުޅިގެން ސަރުކާރުގެ މަގާމުތަކުން އިސްތިއުފާދެއްވާ, މަޖިލީހުގެ ބައެއް މެންބަރުން ހިމެނޭހެން 12 ޖުލައި 2023 ގައި އުފެއްދި ދަ ޑިމޮކްރެޓްސްގައި މިދިޔަ ސެޕްޓެމްބަރު 19 ގެ ނިޔަލަށް 4328 މީހަކު ސޮއިކޮށްފައިވެ އެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް