100 މިލިއަނަށް ވުރެ ގިނަ ރުފިޔާއާއެކު މުދަލު ޒަކާތުގެ ރެކޯޑެއް

މުދަލު ޒަކާތުގެ ގޮތުގައި މިދިޔަ އަހަރު 100 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިއްޖެ އެވެ.
މީރާއިން މިއަދު އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާގޮތުން މިދިޔަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި ޖުމްލަ 101.9 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.
އެކަމާ ގުޅިގެން އިސްލާމިކް މިނިސްޓްރީން ބުނީ އެއީ ރެކޯޑު އަދަދެއް ކަމަށެވެ. އަދި އެހާ ގިނަ އަދަދެއްގެ ފައިސާ ލިބުމަކީ މުއްސަނދިން މުދަލު ޒަކާތަށް އަހައްމިއްޔަތުކަން ދޭ މިންވަރު ހާމަކޮށްދޭކަމެއްކަން ފާހަގަކޮށް މިނިސްޓްރީން ވަނީ އެ ފަރާތްތަކަށް ޝުކުރުވެސް އަދާކޮށްފަ އެވެ. އިސްލާމިކް މިނިސްޓްރީން ބުނީ ޒަކާތުގެ ގޮތުގައި ލިބޭ ފައިސާ ައަަބަދުވެސް ހަރަދު ކުރަމުންދާނީ ޝަރުއީ އުސޫލުތަކާއި މިންގަނޑުތަކުގައި ކަނޑައަޅާފައިވާ ގޮތުގެ މަތީން އޭގެ ހައްގުވެރިންގެ މައްޗަށް ކަަމަށެވެ. ޒަކާތުގެ ކަންކަން ހަރުދަނާކުރުމަށް މިދިޔަ އަހަރު ޖެނުއަރީ މަހު ޒަކާތު ހައުސްގެ ނަމުގައި ހާއްސަ އިދާރާއެއްް އުފައްދައި ޒަކާތަ ގުޅުން ހުރި ކަންކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ވެސް އޮތީ ކޮށްފަ އެވެ.




ކޮމެންޓް