Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

މާދަމާ އެކި ސަރަހައްދުތަކުން ކަރަންޓް ކެނޑޭނެ

މާދަމާ އެކި ސަރަހައްދުތަކުން ކަރަންޓް ކެނޑޭނެ

މާލެ ސަރަހައްދުގެ ކަރަންޓް ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތެއް ކުރާތީ މާލެ އާއި ހުޅުމާލޭގެ އެކި ސަރަހައްދުތަކުން މާދަމާ ކަރަންޓު ކެނޑޭނެ ކަމަށް ސްޓެލްކޯ އިން ބުނެފި އެވެ.

ސްޓެލްކޯ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ހުޅުމާލޭ ފޭސް 2 ގައި ބަހައްޓާފައި ހުރި 132 ކޭވީގެ ހައިވޯލްޓޭޖް ސަބްސްޓޭޝަން އެނަޖައިޒް ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް މާދަމާ ހެނދުނު 6 އިން 8 އާ ދެމެދު ކަރަންޓު ކެނޑޭނެ ކަމަށެވެ.

ސްޓެލްކޯއިން ބުނި ގޮތުގައި މާލޭގެ ބައެއް ސަރަަހައްދުތަކުން ކަރަންޓު ކެނޑޭނީ އެއް ގަޑިއިރަށެވެ. އަދި ހުޅުމާލޭގެ އެކި ސަރަހައްދުތަކުން ވެސް ކަރަންޓު ކެނޑޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

Advertisement
Ooredoo — Truecaller (box)
މާލެއިން ކަރަންޓު ކެނޑިދާނެ ސަރަހައްދުތައް އާންމުކޮށް ކުރި އެ ޕޯސްޓުގައި ވަނީ އެކަމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް ވެސް މާފަށް އެދިފަ އެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް