Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

އިންނަމާދޫގައި ވަޑިން ތަމްރީނު ކުރުމުގެ މަރުކަޒެއް އަޅަން ރައީސް ވައުދުވެއްޖެ

އިންނަމާދޫގައި ވަޑިން ތަމްރީނު ކުރުމުގެ މަރުކަޒެއް އަޅަން ރައީސް ވައުދުވެއްޖެ

ރ. އިންނަމާދޫގައި ވަޑިން ތަމްރީނު ކުރުމުގެ މަރުކަޒެއް އަޅަން ރައީސް މުހައްމަދު މުއިއްޒު މިރޭ ވައުދުވެވަޑައިގެންފި އެވެ.

ރައީސް މުއިއްޒު ރ. އަތޮޅުގެ ރަށްރަށަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މިރޭ އިންނަމާދޫއަށް ވަޑައިގެން އެމަނިކުފާނު ވަނީ އެ ރަށުގައި އުޅޭ މާވަޑިންނާ ބައްދަލުކުރައްވައި އެ މީހުންގެ ޝުއޫރުތައް އަޑު އައްސަވައިފަ އެވެ. - އިންނަމާދޫއަކީ ބޯޓު ބިލްޑިން އިންޑަސްޓްރީގައި ފާހަގަކޮށްލެވޭ ރަށެކެވެ.

1000ގެ އާބާދީއެއް އޮންނަ އިންނަމާދޫގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ އެމަނިކުފާނު ބޭނުންފުޅުވަނީ ވަޑިކަމުގެ ދާއިރާއަކީ މުޅީން ދިވެހީންނަށް ހާއްސަވެފައި އޮންނަ ދާއިރާއަކަށް ހެދުމަށް ކަމަށެވެ. ނަމަވެސް ދިވެހި ޒުވާނުން އެ ދާއިރާއަށް ވަނުމާއި ކުރިއެރުމަށް ދަތިތަކެއް އެބަ އުޅޭ ކަމަށް އޭނާ ވިދާޅުވި އެވެ.

Advertisement
Allied Insurance — Square (box)

"އަޅުގަނޑު ބޭނުމެއް ނޫން މި ދާއިރާގައި ބޭރު މީހުން ގެންގުޅޭކަށް. މި ފަންނަ މީހުން ވަނުމަށް، ޒުވާނުން ވަނުމަށް ދަތިތަކެއް އެބަހުރި. މި ރަށުގައި ތަމްރީނު ދެވޭ މަރުކަޒެއް އެޅުމަކީ އަޅުގަނޑު ގަސްތުކުރައްވާ ކަމެއް. ސްކިލްސް ޑިވެލޮޕްމަންޓް މިނިސްޓްރީން އެ ކަމަށް ހަމަޖައްސައިދޭނަން،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ތަމްރީނު ވެގެން އަންނަ ދިވެހިން އިތުރުވެގެންދާ ތަން ދެކެން ބޭނުންވާ ކަމަށެވެ.

ދާއިރާއަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ އިންވެސްޓް ކުރާނެ ގޮތެއް ނެތުން ކަން މާވަޑިން ވެސް ފާހަގަކުރި ކަން ރައީސް ފާހަގަ ކުރެއްވި އެވެ.

އެ ކަން ހައްލު ކުރުމަށް ޓަކައި އެއް ކަމަކަށް ބޭންކިން ނިޒާމުގެ ތެރެއިން ރަހުނަކާ ނުލައި ލުއި ލޯނެއް ތައާރަފުކޮށްދެއްވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. ދެވަނަ ކަމަކަށް ބިން ކުރު މުއްދަތަކަށް ދެވޭ ސިޔާސަތު ބަދަލުކޮށް މަދުވެގެން 20-30 އަހަރަށް ދޫކުރެވޭ ގޮތް ހަދާނެ ކަމަށް ވިދާޅުވި އެވެ. އޭރުން އިންވެސްޓަރުންގެ އިތުބާރު ލިބި، އިންވެސްޓް ކުރާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

 

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް