Monday, 2 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ޕާޓީތަކުގެ ދަފްތަރު އާންމުކޮށް، ޝަކުވާއަށް ހުޅުވާލައިފި

ޕާޓީތަކުގެ ދަފްތަރު އާންމުކޮށް، ޝަކުވާއަށް ހުޅުވާލައިފި
ސިޔާސީ ޕާޓީތަކުގެ މެންބަރުންގެ އެންމެ ފަހުގެ ދަފްތަރު އާންމުކޮށް، ލިސްޓަށް ޝަކުވާ ހުށަހަޅަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ހުޅުވާލައިފި އެވެ. ޕާޓީތަކުގެ ދަފްތަރުގެ އެންމެ ފަހުގެ އަދަދު އަދާހަމަ ލިސްޓު ވެބްސައިޓުގައި އާންމުކޮށް އީސީން ބުނީ ލިސްޓަށް ޝަކުވާ ހުށަހެޅޭނީ މައި ޕޯޓަލް ނުވަތަ ޝަކުވާ ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ކަމަށެވެ.

ޝަކުވާ ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ހުށަހަޅާއިރު، ޝަކުވާ ހުށަހަޅަން އެދޭ މީހާގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ރަސްމީ ލިޔުމެއްގެ ކޮޕީއެއް އަދި ޝަކުވާ ޕޯޓަލްގައިވާ ހުރިހާ މައުލޫމާތެއް ފުރިހަމަކޮށް ސާފު ފޮޓޯއެއް ހުށަހަޅަންވާނެ ކަމަށް އީސީން ބުންޏެވެ. ޝަކުވާ ހުށަހެޅުމުގެ ފުރުސަތު  ފެބުރުއަރީ 10 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 03:00 ގެ ނިޔަލަށެވެ.

ޕާޓީތަކުގެ މެންބަރުންގެ އަދަދުގެ އެންމެ ފަހުގެ އަދަދުތައް އީސީގެ ވެބްސައިޓުގައި އިއްޔެ އަޕްޑޭޓްކޮށްފައިވެ އެވެ. އެ ލިސްޓުގައިވާ ގޮތުން 11 ސިޔާސީ ޕާޓީއެއް ރަޖިސްޓްރީކޮށްފައިވާއިރު ހުސްވި ޑިސެމްބަރު 30 ގެ ނިޔަލަށް 68،968 މެންބަރުންނާއެކު އެންމެ މެންބަރުން ގިނައީ ޕީއެންސީގަ އެވެ. ދެވަނަ އަށް އެންމެ ގިނަ މެންބަރުން ދަފްތަރުކުރެވިފައިވަނީ 43،755 މެންބަރުންނާއެކު އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގަ އެވެ. އެ ޕާޓީގެ މެންބަރުންގެ އަދަދުވީ ދަށެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރުގެ ނިޔަލަށް އެ ޕާޓީގައި 50،851 މެންބަރުން ދަފްތަރުކޮށްފައިވާއިރު، އެ ޕާޓީން 7،096 މެންބަރުން ވަނީ މަދުވެފަ އެވެ. މަޝްހޫރު ވިޔަފާރިވެރިއާ އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމްގެ ޖުމްހޫރީ ޕާޓީ (ޖޭޕީ) ގައި މި ވަގުތު 13،826 މެންބަރުން އެބަތިއްބެވެ. ދެން އެންމެ މެންބަރުން ގިނައީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގަ އެވެ. އެ ޕާޓީގައި 12،174 މެންބަރުން އެބަތިއްބެވެ. ވިޔަފާރިވެރިއާ އަދި މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު (ސަން ސިޔާމް) ގެ ޕާޓީ، މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ) ގެ މެންބަރުންގެ އަދަދަކީ 9،210 އެވެ. އެމްޑީޕީގެ މިދިޔަ ވެރިކަމުގެ ކޯލިޝަން ޕާޓްނަރު، އަދާލަތު ޕާޓީގައި 9،049 މެންބަރުން ތިބިއިރު، މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމްގެ މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގެ މެންބަރުންގެ އަދަދަކީ 6،050 މެންބަރުންނެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވާ އުފެއްދެވި ދަ ޑިމޮކްރެޓްސްގައި 3،667 މެންބަރުން އެބަތިއްބެވެ. ތިން ހާސް މެންބަރުންނަށް ވުރެ މަދުން ތިބީ ތިން ޕާޓީއެއްގަ އެވެ. އެ ޕާޓީތަކުގެ ތެރެއިން ކުރީގެ ނައިބް ރައީސް އަހުމަދު އަދީބު އިސްވެ ހުންނަވާ އުފެއްދެވި މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ) ގެ މެންބަރުންގެ އަދަދު އުޅެނީ 2،359 ގަ އެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވާ އުފެއްދެވި ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) ގައި 2،822 މެންބަރުން ދަފްތަރު ކުރެވިފައި އެބައޮތެވެ. އެންމެ މަދު މެންބަރުންނާއެކު ލިސްޓުގައި ފުލުގައި އޮތީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އުފެއްދެވި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އެވެ. އެ ޕާޓީގެ މެންބަރުން އަދަދަކީ 1،867 އެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް