ޚަބަރު

މީދޫ މަތިކިޅީގައި ރޯވެ އަނދަނީ

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން
މީދޫ ކުޅީގައި ރޯވެ އަނދަނީ - ފޮޓޯ؛ އެމްއެންޑީއެފް

އައްޑޫ ސިޓީ މީދޫ މަތިކިޅީގައި ރޯވެ އަނދަމުންދާތީ ރަށު މީހުންނާއި އެމްއެންޑީއެފުން ހަރަކާތްތެރިވާން ފަށައިފި އެވެ.

Ads by STELCO

ދިވެހި ސިފައިންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ސ. ހުޅުމީދޫ ޗަސްބިމުގައި ރޯވެގެން ހުޅުމީދޫ ފަޔާ ސްޓޭޝަނުން އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މީދޫން ވާހަކަ ދެއްކި މީހަކު ބުނީ އެ ތަނުގައި ރޯވީ މިއަދު ހަވީރު ވަގުތެއްގަ އެވެ.

އޭގެ ފަހުން ކައުންސިލާއި އެމްއެންޑީއެފް އަދި ހުޅުދޫއާއި މީދޫ ދެ ރަށުގެ މީހުން ވެސް އަލިފާންގަނޑު ނިއްވަން އެބަ އުޅޭ ކަމަށެވެ.

މީދޫގެ މަތިކިޅީގައި އީކޯ ގާޑެނެއް ހަދާފައިވާއިރު އެއީ އައްޑޫގެ އެންމެ ރީތި އެއް ތަނެވެ. އައްޑޫއަށް ޒިޔާރަތްކުރާ ފަތުރުވެރިންނާއި ދިވެހީންގެ މެދުގައި ވެސް މަގުބޫލު ކުޅިއެކެވެ.

މިރޭ 10 ޖަހާކަށް ހާއިރު ނިއްވާލާފައިވާ ކަމަށް ސިފައިން ބުންޏެވެ.

މަތިކިޅީގެ ރީތިކަން ދައްކައިދޭ ފޮޓޯތަކެއް:

 

 

View this post on Instagram

 

A post shared by Ali Rameez (@alirameezbinqasim)

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!