Saturday, 31 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ގެސްޓު ހައުސް އަޅަން ލުއި ލޯނެއް ހަމަޖައްސައިދޭނަން: ރައީސް

ގެސްޓު ހައުސް އަޅަން ލުއި ލޯނެއް ހަމަޖައްސައިދޭނަން: ރައީސް

ރަށްރަށުގެ ކައުންސިލުތަކުން ލޯކަލް ޓޫރިޒަަމަށް ދޫކުރާ ބިންތަކުގައި ގެސްޓު ހައުސް އެޅުމަށް އިންޓްރެސްޓް ކުޑަ ލޯނުތަކެއް ތައާރަފްކުރުމުގެ މަސައްކަތް ކުރަމުންދާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ހާމަކުރައްވައިފި އެވެ.

ތިލަދުންމަތީ އުތުރުބުރީގެ ބައެއް ރަށްތަކަށް އެމަނިކުފާނު މިއަދު ފެއްޓެވި ދަތުރުފުޅުގައި ހއ. ފިއްލަދޫގެ ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް ވިދާޅުވީ ޓޫރިޒަމަށް ދޫކޮށްފައިވާ ބިންތައް ތަރައްގީކުރާނެ ގޮތެއް ފަހިކޮށް ދިނުމަކީ ސަރުކާރުގެ އަމާޒެއް ކަމަށެވެ. އާއްމުކޮށް ދޫކުރާ ލޯނުގެ ދަށުން އެފަދަ ބިންތައް ތަރައްގީކުރަން ލަސްތަކެއްވާ ކުރިމަތިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

އެހެންވެ އެކަމަށް ހައްލެއް ހޯދުމަށްޓަކައި ފިނޭންސް މިނިސްޓްރީން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާ މަޝްވަރާތަކެއް ކޮށްފައިވާ ކަމަށް ވިދާޅުވި އެވެ. މަޝްވަރާކޮށްފައިވަނީ ކޮމާޝަލް ޕްރޮޖެކްޓްތަކަށް މިހާރަށް ދޫކުރާ ލޯނުތަކަށްވުރެ ކުޑަ އިންޓްރެސްޓު ރޭޓުގައި ލޯނުތަކެއް ދޫކުރުން ކަމަށާއި، މިހާރު އެކަން އޮތީ އެންމެފަހުގެ މަރުހަލާގައި ކަމަށް ރައީސް ވިދާޅުވި އެވެ.

Advertisement
Allied Insurance — Square (box)

<strong>"ފިނޭންސް މިނިސްޓަރު އަޅުގަނޑަށް ދެންނެވީ މިހާރު ދޫކުރާ ވަރަށްވުރެ 3 ޕަސެންޓް ކުޑަވާނެ ކަމަށް"</strong> ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި އެ ލޯނުތައް ދޫކުރަން ފެށުން ވެގެންދާނީ ބިންތައް ތަރައްގީކުރުމަށް ލިބޭ ފަހި ފުރުސަތަކަށް ކަމަށެވެ.

އެހެންނަމަވެސް ލޯނު ދޫކުރާނެ ތާރީހެއް ރައީސް ވިދާޅެއް ނުވެ އެވެ.

ޓޫރިޒަމް ތަރައްގީކުރަން ކުޑަ އިންޓްރެސްޓް ރޭޓެއްގައި ލޯނު ދޫކުރުމުގެ މަސައްކަތް ފަށާފައިވާކަން ރައީސް ހާމަކުރައްވާފައިވާއިރު، ލޯކަލް ޓޫރިޒަމް ކުރިއަރުވަން މިހާރު އޮތް އެންމެ ބޮޑު ގޮންޖެހުމަކީ މަސައްކަތަށް އިންވެސްޓްކުރާ ފަރާތްތަކަށް އެފަދަ ލޯނުގެ ފުރުސަތު ނެތުން ކަމަށް ޓޫރިޒަމް މިނިސްޓަރުގެ މަގާމުން މިއަދު ވަކިކުރި އިބްރާހިމް ފައިސަލް މީގެ ކުރިން ވިދާޅުވެފައިވެ އެވެ.

ފައިސަލް އޭރު ވިދާޅުވި ގޮތުންނަމަ އިންޓްރެސްޓް ކުޑަ ލޯނުތަކެއް ތައާރަފް ކުރުމަށް މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ) އާ އެކުވެސް ދަނީ މަޝްވަރާތަކެއް ކުރަމުންނެވެ.

ރަށްރަށުގައި ގެސްޓު ހައުސްތައް އަޅަން ދޫކުރާ ބިންތަކަށް ޑިމާންޑު ބޮޑެވެ. ލޯކަލް ޓޫރިޒަމް ފުޅާކުރުމަށް ހުރިހާ ސަރުކާރަކުންވެސް މަސައްކަތް ކުރެ އެވެ. މާފުއްޓަކީ ލޯކަލް ޓޫރިޒަމް އަށް އެއްވަނަ އެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް