Sunday, 1 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ނޫސްވެރިންނަށް އިންޒާރުދޭ މައްސަލަތަކުގެ ތަހުގީގު އަވަސްކުރަން އެދިއްޖެ

ނޫސްވެރިންނަށް އިންޒާރުދޭ މައްސަލަތަކުގެ ތަހުގީގު އަވަސްކުރަން އެދިއްޖެ
ނޫސްވެރިންނަށް އިންޒާރު ދިނުމާއި، ސޯޝަލް މީޑިއާގައި ފުރައްސާރަކުރާ މައްސަލަތަކާ ގުޅޭ ގޮތުން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ ވެރިންނާއި ފުލުހުންގެ މީޑިއާ ޑިޕާޓްމަންޓްގެ ވެރިންނާ ބައްދަލުކޮށް މަޝްވަރާކޮށްފި އެވެ. ބައްދަލުވުމުގައި އެމްއެމްސީގެ ފަރާތުން ބައިވެރިވެވަޑައިގަތީ ކައުންސިލްގެ ރައީސް ހުސައިން ސަގީފާއި ކައުންސިލް މެންބަރު ނޫސްވެރިޔާ ފާތިމަތު ނަހުދާ ފާއިޒެވެ. މި ބައްދަލުވުމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ކައުންސިލްގެ ރައީސް ސަގީފް "ދެން އޮންލައިން" އަށް ވިދާޅުވީ ނޫސްވެރިންގެ ހުރި ކަންބޮޑުވުންތައް ހިއްސާކޮށްފައި ވާނެ ކަމަށެވެ. ހާއްސަކޮށް ނޫސްވެރިން ގެންނަ ކޮންޓެންޓްތަކާ ގުޅިގެން އިންޒާރު ދިނުމާއި ފުރައްސާރަކުރުމުގެ މައްސަލަތަކުގެ ތަހުގީގު އަވަސްކޮށްދިނުމަށް އެދިވަޑައިގެންނެވި ކަމަށް ސަގީފު ވިދާޅުވި އެވެ. މި ފަހުން ސޯޝަލް މީޑިއާގައި މަގުމަތިން ވެސް އަންހެން ބައެއް ނޫސްވެރިންގެ ފުރައްސާރަކުރި މައްސަލަތައް ވެސް އޭގެ ތެރޭގައި ހިމެނޭނެ ކަމަށް ސަގީފު ވިދާޅުވި އެވެ. "މިހެން ހުރި ވަކިވަކި މައްސަލަތައް ވެސް ފުލުހުންގެ ސަމާލު ކަމަށް ގެނެސް، އޭގެ މައްސަލަތަކުގެ ތަހުގީގު އަވަސްކޮށްދިނުމަށް އެދުނިން، ނޫސްވެރިންގެ ހުރި އެހެން ކަންބޮޑުވުންތައް ވެސް، މިސާލަކަށް ފުލުހުން ތަހުގީގު ކުރާ މައްސަލަތަކުގައި މައުލޫމާތު ލަސްވުމާއި މައުލޫމާތު އެއްގޮތަކަށް ވެސް ނުލިބިދާތީ ކަންބޮޑުވުންތައް ހިއްސާކޮށްފައިވާނެ،" ސަގީފު ވިދާޅުވި އެވެ. އަންހެން ފަސް ނޫސްވެރިޔަކަށް ފުރައްސާރަކޮށްފައިވާ މައްސަލަތަކުގައި ނޫސްވެރިންގެ ޖަމިއްޔާ، މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އިން ރޭ ބަޔާނެއް ވެސް ނެރުނެވެ. އެ ބަޔާނުގައި ފާހަގަކޮށްފައިވާ މައްސަލަތައް:
  • ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިވެންޓްތައް ކަަވަރުކުރާތީ، 'ސަންގު' ޓީވީގެ ނުސްވެރިޔާ ފާތިމަތު މަދަދާއަށް ސޯޝަލް މީޑިއާގައި ފުރައްސާރަކޮށްފައިވާ މައްސަލަ
  • 'ރިވާޔާ' ނޫހުގެ އެޑިޓަރު އާއިދާ އަބްދުލް ހަކީމް ވިޔަފާރިވެރިއަކާ ކުރި ސުވާލަކާ ގުޅިގެން އޭނާއަށް ވެސް ފުރައްސާރަކުރި މައްސަލަ
  • 'މިހާރު' ނޫހުގެ ނޫސްވެރިޔާ އާާސިމާ ނިޒާރު ލިޔުނު ލިޔުމަކާ ގުޅިގެން އޭނާއަށް ސޯޝަލް މީޑިއާގައި ފުރައްސާރަކުރި މައްސަަލަ
  • 'ސަންގު' ޓީވީގެ ނޫސްވެރިޔާ ލައިޝާ އަހުމަދު އެއް ޖިންސުން ގުޅުން ހިންގުމާ ދެކޮޅަށް ވާހަކަ ދައްކައިގެން ބަޔަކު އޭނާއަށް ފުރައްސާރަކުރި މައްސަލަ
  • 'އަސްލު' ޓީވީގެ ނޫސްވެރިޔާ ޝާމާ ޝުއައިބް ސީނެއްގައި ހުއްޓައި ފުލުހުން ގޮސް އޭނާ ހުއްޓުވުމަށް ފަހު ފޯނުން ފޮޓޯއެއް ޑިލީޓްކުރުވަން ޖެއްސި މައްސަލަ

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް