Monday, 2 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ސިނގިރޭޓް އުފައްދާ "ފެކްޓަރީ" އިން ގެންދިޔައީ 103 ފޮށިގަނޑު

ސިނގިރޭޓް އުފައްދާ "ފެކްޓަރީ" އިން ގެންދިޔައީ 103 ފޮށިގަނޑު
ރޭ ހިންގި "ސިނގިރޭޓް އޮޕަރޭޝަން" ގައި ޖުމްލަ 103 ކާޑުބޯޑު ފޮށިގަނޑު އަތުލައިގެންފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ. ވެރިރަށް މާލެ ހިމެނޭ ސަރަހައްދުގައި ސިނގިރޭޓް އުފައްދާ ތަންތަނަށް އަމާޒުކޮށް ފުލުުހުން ވަނީ ރޭ ހާއްސަ އޮޕަރޭޝަނަށް ކުރިއަށް ގެންގޮސްފަ އެވެ. އެކަން ކަށަވަރުކޮށްދެއްވައި ފުލުހުންގެ މީޑިއާ އޮފިޝަލް ރޭ "ދެން" އަށް ވިދާޅުވީ ރެއިޑެއް ކުރިއަށް ގެންގޮސްފައި ވަނީ ސިނގިރޭޓް އުފައްދާ ކަމަށް ލިބޭ މައުލޫމާތުތަކަށް ބިނާކޮށް ކަމަށެވެ. އެފަހުން ފުލުހުން ރަސްމީކޮށް މީޑިއާތަކަށް ބުނީ އޭގެ އެއް ތަން ބަލައި ފާސްކުރަމުންދާ ކަމަށެވެ. އެއީ ހެންވޭރުގައި ހުންނަ ގެއެއްގެ ތެރޭގައި ހަދާފައިވާ ޕްރައިވެޓް އޮފީހެއް ކަމަށެވެ. އެ ތަނުގައި ސިނގިރޭޓް އުފައްދާ ކަމުގެ މައުލޫމާތު ލިބިގެން، ބަލައި ފާސްކުރަމުން ދަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު "ދެން" އަށް ވިދާޅުވީ ރޭ ހިންގި "ސިނގިރޭޓް އޮޕަރޭޝަން" ގައި ކާޑުބޯޑު ފޮށިގަނޑުތަކެއް އަތުލައިގެންފައިވާ ކަމަށެވެ.
"ރޭ ހިންގި ސިނގިރޭޓް އޮޕަރޭޝަނުގައި ޖުމްލަ 103 ކާޑުބޯޑު ފޮށިގަނޑު އަތުލައިގެންފައިވޭ. މީގެ ތެރޭގައި ދުންފަތް ހުރި ފޮށި ވެސް ހިމެނޭ،"
ރާއްޖޭގައި ދުންފަތް އުފެއްދުމަށް، އެ ކަމަށް ބޭނުންވާ ސާމާނު އެތެރެކުރުމަކީ ގާނޫނުން މަނާކޮށްފައިވާ ކަމެކެވެ. ސިނގިރޭޓުގެ ޑިއުޓީ ބޮޑު ކުރުމުން މާލޭގެ ބައެއް ތަންތަނުގައި ސިއްރުން ސިނގިރޭޓު ހެދުން އާންމުވަމުންދާ ކަމަށް މައުލޫމާތު ލިބެ އެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް