ޚަބަރު

ބިދޭސީއެއްގެ އަތުން 33،500 ރުފިޔާ ފޭރުނު ދެ މީހަކު ހައްޔަރުކޮށްފި

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
ބިދޭސީއަކަށް ބިރުދައްކައި އޭނާގެ އަތުން ފައިސާ ފޭރުނު ދެ މީހުން / ފޮޓޯ:ފުލުހުން

މާލޭގައި ބިދޭސީއަކަށް ބިރުދައްކައި އޭނާގެ އަތުން 33،500 ރުފިޔާ ފޭރުނު ދެ މީހަކު ހައްޔަރުކޮށްފި އެވެ.

އެ ދެ މީހުން ބިދޭސީ މީހާއަށް ބިރު ދައްކައި އޭނާގެ އަތުން ފޭރެން އުޅުނީ ގުލާބީ ގޯޅީގައި ހުންނަ އަލްބިޔާ މާޓް ކައިރިންނެވެ.

މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ ދެ މީހަކު ވެގެން ބިދޭސީއެއްގެ އަތުން ފޭރުނު މައްސަލަ އެ އިދާރާއަށް ރިޕޯޓުކޮށްފައި ވަނީ ރޭ މެންދަމު 2:12 ހާއިރު ކަމަށެވެ.

"އެ ދެ މީހުން 33،500 ރުފިޔާ ފޭރުނު ކަމަށް ފުލުހުންނަށް މައުލޫމާތު ދީފައިވޭ،" މެސެޖުގައިވެ އެވެ.

މައްސަލަ އާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ:

  • ހ. ރެދަން، ފަވާޒް ކަޅުތުއްތު (36އ)
  • ތ. ތިމަރަފުށި، ލަކީހައުސް، ޞަފްވާން ޢަލީ (36އ)

އެ ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 10 ދުވަހަށް ބަންދުގައި ބޭތިއްބުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!