ޚަބަރު

އުކުޅަހުގައި ގެނބިގެން ފަތުރުވެރިއަކު މަރުވެއްޖެ

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން
އުކުޅަހު ޓޫރިސްޓު ބީޗުގެ ފޮޓޯއެއް/ ފޮޓޯ: ހުރާ ހައިލެންޑޮ.ކޮމް

އއ. އުކުޅަހުގައި މޫދަށް އެރި އުޅެނިކޮށް ގެނބިގެން، އުމުރުން ދޮށީ ފިރިހެން ފަތުރުވެރިއަކު މިއަދު މަރުވެއްޖެ އެވެ.

Ads by STELCO

ފުލުހުން ބުނި ގޮތުގައި މަރުވީ އުޒުބެކިސްތާނުގެ 75 އަހަރުގެ ފިރިހެެކެވެ. އޭނާ ގެނބިގެން މަރުވި ކަމުގެ ރިޕޯޓު ލިބިފައިވަނީ ހަވީރު 5:20 ހާއިރެވެ.

ފުލުހުން ގެންދަނީ މައްސަލަ އިތުރަށް ބަލަމުންނެވެ.

ރާއްޖެ އައިސް މޫދަށް އެރޭ ފަތުރުވެރިން ގެނބިގެން މަރުވުމަކީ ދޭތެރެއަކުން ހިނގާ ކަމެކެވެ. ފަތުރުވެރިންގެ ރައްކާތެރިކަން ކަށަވަރުކުރަން މޫދަށް އެރި ސްނޯކްލީނަށް ދިޔުމުގެ ކަންކަން ހަމަޖައްސައި ފިޔަވަޅުތަކެއް އެޅުމަށް އަބަދުވެސް ވާހަކަ ދެކެވެ އެވެ.