ރިސޯޓެއްގެ އިސް މުވައްޒަފަކަށް ހަމަލާދީފި
ލ. އަތޮޅުގައި ހިންގާ ރިސޯޓެއްގެ އިސް މަގާމެއްގައި ހުރި ބިދޭސީއެއްގެ ގައިގައި ޖަހައި މާރާމާރީ ހިންގައިފި އެވެ.
މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ އެކަމެއް ހިނގީ އިއްޔެ އެ ރިސޯޓުގައި ކަމަށެވެ. ރިސޯޓެއްގެ ނަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ.
އެ ބިދޭސީ މީހާ އަށް ހަމަލާދީފައިވަނީ ބައިސްކަލުގައި ދަނިކޮށް މީހަކު ފަހަތުން އައިސް އޭނާގެ ބޮލުގައި އެއްޗަކުން ޖަހައި ކަމަށް ފުލުހުން ބުންޏެވެ. އިތުރު ތަފްސީލެއް ނުދެ އެވެ.
އެނގިފައިވާ ގޮތުން އެކަން ހިނގީ ސިކްސް ސެންސަސް ލާމު ރިސޯޓުގަ އެވެ. އަދި ހަމަލާދީފައިވަނީ އެ ރިސޯޓުގެ ޖެނެރަލް މެނޭޖަރު މަރްތީން ވަން ވެލް އަށެވެ.
ހަމަލާދީފައިވަނީ ރިސޯޓުގެ ސްޓާފް ކުއާޓާގައި މޫނު ނިވާކޮށްގެން ތިބި 3 މީހެއް ކަމަށް މައުލޫމާތު ލިބެ އެވެ.
ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން އަދި މިހާތަނަށް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށެވެ.