އިނގިރޭސިވިލާތުގެ އާ ސަފީރުގެ ފަތްކޮޅު ރައީސްއަށް އަރުވައިފި
އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު، ނިކޮލަސް ޑޭވިޑް ލޯ، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއަށް އަރުވައިފި އެވެ.
ނިކޮލަސްގެ ސަފީރުކަމުގެ ފަތްކޮޅު ރައީސަށް އަރުވާފައި ވަނީ މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.
ރައީސް އޮފީހުން ބުނީ ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތަށް ފަހު ރައީސް ވަނީ ނިކޮލަސްއަށް މަރުހަބާ ވިދާޅުވެފައި ކަމަށެވެ.
ދެ ބޭފުޅުން ބޭއްވެވި ބައްދަލު ކުރެއްވުމުގައި އިނގިރޭސިވިލާތުގެ އާ ސަފީރު ވަނީ ރާއްޖެ އާއި އިނގިރޭސިވިލާތާ ދެމެދު އޮތް ދޭދޭ ގުޅުން އިތުރަށް ވަރުގަދަކޮށް، ދެ ގައުމު ގުޅިގެން އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފަ އެވެ.
ހާއްސަ ގޮތެއްގައި މަތީ ތައުލީމާއި ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި ދެ ބޭފުޅުންގެ ވާހަކަފުޅުގައި މޫސުމީ ބަދަލުތަކަށް ހޭނުމާއި އެކަމުގެ ސަބަބުން ދިމާވާ ހާލަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައިވާ ކަމަށް އެ އޮފީހުން ފާހަގަކުރި އެވެ.
ރާއްޖެ އާއި އިނގިރޭސިވިލާތާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ 1965 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހު އެވެ.