ޚަބަރު

އެންސްޕާ ހިންގާނެ އޮފީސް އިމާރާތެއް އަނެއްކާވެސް ހޯދަނީ

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
އެންސްޕާ ހިންގާ އިމާރާތް

ނެޝެނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ(އެންސްޕާ)ގެ އޮފީސް ހިންގާނެ އިމާރާތެއް ހޯދަން އަނެއްކާވެސް އިއުލާންކޮށްފި އެވެ.

Ads by STELCO

ފިނޭންސް މިނިސްޓްރީން މިއަދު ކުރި އިއުލާންއެއްގައި ވަނީ އެންސްޕާގެ އެދުމުގެ މަތިން ކަމަށް ބުނެ އެ އިދާރާއަށް ފަސް އަހަރު ދުވަހަށް އޮފީސް އިމާރާތެއް ކުއްޔަށް ދޫކުރަން ބޭނުންވާ ފަރާތްތަކުން އެކަމަށް ބީލަށް ހުށަހެޅުގެ ފުރުސަތު ހުޅުވާލައިފަ އެވެ.

ފިނޭންސުން ބުނީ އެ ޕްރޮޖެކްޓުގެ ބިޑު ހުށަހަޅަންޖެހޭނީ ބީލަން ޕޯޓަލް މެދިވެރިކޮށް މި މަހުގެ 16ގެ ކުރިން ކަމަށެވެ. ބީލަން ހުޅުވުން ތާވަލުކޮށްފައި އޮތީ މި މަހުގެ 17 ވަނަ ދުވަހަށެވެ.

މިދިޔަ އަހަރު ފަހުކޮޅު ވެސް އެންސްޕާއިން އޮޕީސް އިމާރާތެއް ކުއްޔަށް ނެގި އެވެ.

އެހެން ނަމަވެސް ކުއްޔަށް ހިފި އިމާރާތެއްގައި, މޯލްޑިވްސް މީޑިއާ ހައުސްގެ މޯލްޑިވްސް މީޑިއާ ޓީވީ (އެމްއެމްޓީވީ) ހިންގާކަމުގެ އަޑުތަކެއް ފެތުރި މައްސަލަަ ހޫނުވުމުން ވަނީ އި އިމާރާތް ކުއްޔަށް ހިފި އެއްބަސްވުން މިދިޔަ ޑިސެމްބަރު މަހު ކުރީކޮޅު ބާތިލުކޮށްފަ އެވެ.

އޭރު އަޑު ފެތުރުނު ގޮތުން އެންސްޕާ ހިންގަން މޯލްޑިވްސް މީޑިއާ ހައުސްއިން ކުއްޔަށް ނެގީ ހަތަރު ފްލޯ އެވެ. ނަމަވެސް އޭގެން ދެ ފްލޯގައި ހިންގަނީ އެމްއެމްޓީވީ އެވެ.

ނަމަވެސް އެންސްޕާއިން ބުނީ އެ އިދާރާ ހިންގަން އޮފީސް އިމާރާތް ކުއްޔަށް ހިފަން ބީލަމަށް ހުޅުލާއި އެވޯޑްކުމުގެ ކަންކަން ކުރިއަށް ގެންދިޔައީ އުސޫލާ އެއްގޮތަށް ކަމަށާއި އަދި މޯލްޑިވްސް މީޑިއާ ހައުސްއިން އެތަން ކުއްޔަށް ހިފުމުގެ މަސައްކަތްކުރި ކަމަށެވެ.

ނަމަވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ފަތުރައި އަގުވައްޓާާލުމުގެ ސަބަބުން އެމްއެމްއެޗަށް މާއްދީ ގޮތުން ފޫނުބެއްދޭ ގެއްލުންތަކެއްވުމުން އެ އެއްބަސްވުން ނިމުމަކަށް ގެނައީކަމަށް އެންސްޕާއިން ބުނެފައިވެ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!