ޚަބަރު

ހޮސްޕިޓަލަކުން ޕޭޝަންޓެއްގެ އެކްސްރޭ ލީކުވި މައްސަލަ ހެލްތުން ބަލަނީ

އަލީ ސަމާޙް ، ދެން އޮންލައިން
ހެލްތް މިނިސްޓްރީ ހިންގަމުންދާ ރޯޝަނީ ބިލްޑިން

ހޮސްޕިޓަލަކުން ޕޭޝަންޓެއްގެ އެކްސްރޭ އެއް ލީކުވި ކަމަށް ބުނާ މައްސަލައެއް ހެލްތު މިނިސްޓްރީން ބަލަން ފަށައިފި އެވެ.

Ads by STELCO

މީހެއްގެ ހަށިގަނޑު ތެރޭގައި ބޮޑީ ސްޕްރޭ ފުޅިއެއް އޮތް ތަން ފެންނަ އެކްސްރޭގެ ފޮޓޯއެއް ޝޯޝަލް މީޑިއާގައި ދައުރު އެބަވެ އެވެ.

ދައުރުވަމުންދާ އެކްސްރޭ އަކީ އަސްލެއް ކަމެއް ނުވަތަ ނޫން ކަމެއް އަދި މިހާތަނަށް އެނގިފައި ނުވި ނަމަވެސް އެކްސްރޭ އެއް ލީކުވި މައްސަލައެއް ބަލަމުންދާކަން ހެލްތު މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވަނީ "ދެން" އަށް މިއަދު ޔަގީންކޮށްދީފަ އެވެ.

ޕޭޝަންޓެއްގެ މައުލޫމާތު ލީކުކޮށްލީ ކޮން ހޮސްޕިޓަލަކުންތޯ ސުވާލުކުރުމުން މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައުލޫމާތު މި ވަގުތު ހިއްސާކުރެވެން ނެތް ކަމަށެވެ.

"މައްސަލަ ބަލައި ނިމުނީމަ ތަފްސީލު ދެވޭނީ" އޭނާ ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުން އެ އެކްސްރޭ އަކީ ހުޅުމާލެ ހޮސްޕިޓަލުން ފަރުވާދިން މީހެއްގެ އެކްސްރޭއެކެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!