ޚަބަރު

ދިވެހި، ހިސާބު އަދި އިނގިރޭސީ ނަތީޖާ ދަނީ ދަށަށް: އެޑިއުކޭޝަން މިނިސްޓަރު

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
އެޑިއުކޭޝަން މިނިސްޓަރު ޑރ ޝަފީއު

ޕްރައިމަރީ ގްރޭޑްތަކުގެ ދަރިވަރުން ކިޔަވާ މާއްދާތަކުގެ ތެރެއިން ދިވެހި، ހިސާބު އަދި އިނގިރޭސި މާއްދާގެ ނަތީޖާ ކަންބޮޑުވާ މިންވަރަށް ދަށަށް ގޮސްފައިވާ ކަމަށް އެޑިއުކޭޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މިރޭ ވިދާޅުވެއްޖެ އެވެ.

Ads by STELCO

މިދިޔަ ބުރާސްފަތި ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވި ރިޔާސީ ބަޔާންއާ ގުޅޭ ގޮތުން މިރޭ ބޭއްވި ޕެނަލް ޑިސްކަޝަންގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޝަފީއު ވިދާޅުވީ ރާއްޖޭގައި މިހާރު ކިޔަވައިދެމުންދާ ކަރިކިއުލަމްއަކީ 2015 އަހަރު ތަންފީޒުކުރި ކަރިކިއުލަމްއެއް ކަމަށެވެ.

އެ ކަރިކިއުލަމްއަށް ކިޔަަވައިދޭން ފެށި ފަހުން ދަރިވަރުންނަށް ހާސިލުކުރެވޭ މިންވަރު 2015، 2017 އަދި 2023ގައި ބެލުމުން ކަންބޮޑުވާން ޖެހޭ މިންވަރަށް ނަތީޖާތައް ދަށްވެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެގޮތުން އެންމެ ބޮޑަށް ކަންބޮޑުވާ އެއް މާއްދާގެ ގޮތުގައި މިނިސްޓަރު ފާހަގަކުރެއްވީ ހިސާބެވެ.

"ހިސާބު މާއްދާއަށް ބަލާލާއިރުގައި އަޅުގަނޑުމެންނަށް ފެންނަން މިހުރީ 2015 ވަނަ އަހަރު މުޅި ގްރޭޑްއެއްގެ ފާސްވާ މިންވަރު މި ހުރީ 58އެއްގައި. ނަމަވެސް 2023 ވަނަ އަހަރު ނިމުނުއިރުގައި ފާސްވާ އިންސައްތަ 46 އިންސައްތައަށް ދަށްވެއްޖެ"

އެހެންކަމުން ދެބައި ކުޅަ އެއްބައި ދަރިވަރުން ނެޝެނަލް ކަރިކިއުލަމްގައި ހާސިލުކުރަން ޖެހޭ މިންވަރު ހާސިލުނުވާކަން އޭގެން އެނގިގެންގޮސްފައިވާކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ހިސާބަށް ފަހު އަޅުގަނޑުމެން މާދަރީ ބަސް، ދިވެހި މާއްދާއިން ފާސްވީ ނިސްބަތް އަދިި އޮތީ މާ ދަށުގައި ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އިނގިރޭސި މާއްދާއަށް ބަލާއިރުގަ ވެސް ކުރިއެރުމެއް ނުލިބި 54 އަދި 56އެއް ހިސާބުގައި ހިފެހެއްޓިފައި

ދަށް ގްރޭޑްތަކުގައި ނަތީޖާ ހާސިލުނުކުރޭނަމަ އޭގެ ހަގީގީ އަސަރުކުރާނީ މަތީ ގްރޭޑްތަކުގެ ނަތީޖާތަކަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.