Monday, 2 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ސްނޯކްލިން އަށް ފޭބި މީހަކު ގެއްލުން: އާއިލާއިން އިންޑިއާގެ ސުޕްރީމް ކޯޓަށް ފެޓިޝަނެއް

ސްނޯކްލިން އަށް ފޭބި މީހަކު ގެއްލުން: އާއިލާއިން އިންޑިއާގެ ސުޕްރީމް ކޯޓަށް ފެޓިޝަނެއް

ރ. އަތޮޅުގައި އޮންނަ އިފުރު ރިސޯޓުން ސްނޯކްލިން އަށް ގޮސް އުޅެނިކޮށް އިންޑިއާ މީހަކު ގެއްލުނު މައްސަލައިގައި އެ ގައުމުގެ ސަރުކާރުގެ އެހީއަށް އެދި އިންޑިއާގެ ސުޕްރީމް ކޯޓަށް ޕެޓިޝަނެއް ހުށަހެޅުމުގެ މަސައްކަތް އާއިލާއިން ފަށައިފި އެވެ.

ހުސްވި ޖެނުއަރީ މަހުގެ 27 ވަނަ ދުވަހު ހަވީރު 3:35 ހާއިރު ސްނޯކްލިން އަށް ގޮސް އުޅެނިކޮށް ގެއްލިގެން ހޯދަމުން ދަނީ އިންޑިއާގެ އުއްތަރު ޕްރެދޭޝް އަށް ނިސްބަތްވާ އާފްތާބް ހާން (24އ) އެވެ.

އާފްތާބް ގެއްލުނުތާ ދެ ހަފްތާއަށްވުރެ ގިނަ ދުވަސް ވެއްޖެ އެވެ. އަދިވެސް ނުފެނެ އެވެ.

Advertisement
Ooredoo — Square (box)

އާފްތާބު ގެއްލުނުކަން އިފުރު ރިސޯޓުން އާއިލާއަށް އެންގުމާއެކު ޖެނުއަރީ 31 ގައި އޭނާގެ ބޭބެ މުޖީބު އާއި އާއިލާގެ ވަކީލު ޒީޝާން ހާން ވަނީ ރާއްޖެ އައިސްފަ އެވެ.

ޒީޝާން ހާން ޓައިމްސް އޮފް އިންޑިއާ (ޓީއޯއައި) އަށް ވިދާޅުވީ އާފްތާބު ހޯދުމުގެ މަސައްކަތްކުރިއަށްދާ ގޮތާ ގުޅޭގޮތުން ރާއްޖޭގެ ކަމާބެހޭ އިދާރާތަކުގައި އެކި ގޮތް ގޮތަށް އެދުމުންވެސް ޖަވާބެއް ލިބިފައިވާ ނުވާ ކަމަށެވެ.

"އާއިލާގެ ވިސްނުން މިހާރު ހުރީ މި ކަމުގައި އެހީތެރިވުމަށް އިންޑިއާ ސަރުކާރަށް އެންގުމަށް އިންޑިއާގެ ސުޕްރީމް ކޯޓަށް ޕެޓިޝަނެއް ހުށަހަޅަން" ޒީޝާން ވިދާޅުވި އެވެ.

މުޖީބު "ޓީއޯއައި" އަށް ބުނީ، އާފްތާބު ގެއްލުނު މައްސަލާގައި މި މަހުގެ 1 ވަނަ ދުވަހު މާލޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުގެ އޮފިޝަލުންނާ ބައްދަލުކުރި ކަމަށެވެ.

ހަމަ އެދުވަހު އިފުރު ރިސޯޓަށް ދިޔަ ކަމަށެވެ. ރިސޯޓުން އާއިލާ އާ ހަވާލުކުރީ އާފްތާބުގެ ޕާސްޕޯޓު އެކަނި ކަމަށް އޭނާ ބުންޏެވެ.

"ނަމަވެސް ރިސޯޓުން އާފްތާބުގެ ފޯނެއް ހަވާލުކޮށްފައެއް ނުވޭ. އަދި ސީސީޓީވީ ފުޓޭޖް ވެސް  ހިއްސާކޮށްފައެއް ނުވޭ" އާއިލާއިން ބުންޏެވެ.

އާއިލާއިން ބުނަނީ އެކަށީގެންވާ ވަރުގެ ހެކި ނުދައްކާހާ ހިނދަކު އާފްތާބު މަރުވެފައިވާ ކަމަށް ގަބޫލުނުކުރާނެ ކަމަށެވެ.

އޭނާއާ އެކު ސްނޯކްލިން އަށް ފޭބި އިންޑިއާގެ ޕަރަމްޖީތުގެ ހާލު ސީރިއަސް ކަމަށް އާއިލާއަށް އިދާރާތަކުން މައުލޫމާތު ދީފައިވެ އެވެ.

ކައްކާއެއްގެ ވަޒީފާ އަށް އާފްތާބު ރާއްޖެ އައިސްފައިވަނީ މާޗް 31، 2024 ގަ އެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް