ޚަބަރު

މަޖިލީހުގެ ރައީސް ހިމެނޭހެން ޕީއެންސީގެ ވަފުދެއް އިންޑިއާ އަށް

އަލީ ސަމާޙް ، ދެން އޮންލައިން
މިއަދު އިންޑިއާ އަށް ފުރާވަޑައިގެންނެވި ޕީއެންސީގެ ވަފުދު: ފޮޓޯ/ މަޖިލީސް

ރަސްމީ ދަތުރެއްގައިި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ހިމެނިވަޑައިގަންނަވާހެން ވެރިކަންކުރާ މައި ޕާޓީ ޕީއެންސީގެ މަޖިލީސް މެންބަރުންތަކެއް އިންޑިއާއަށް މިއަދު ފުރާވަޑައިގެންފި އެވެ.

Ads by Hajj Corporation

ހަތަރު ދުވަހުގެ މުއްދަތަކަށް އެ ބޭފުޅުން އިންޑިއާ އަށް ފުރާވަޑައިގެންނެވީ އެއާ އިންޑިއާ ފްލައިޓުން މީގެ އިރުކޮޅެއް ކުރިންނެވެ.

މި ދަތުރަކީ އިންޑިޔާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ ލޮކްސަބާ އަދި މަތިގެ ރާޖްޔާ ސަބާގެ ސްޕީކަރުންގެ ދައުވަތަކަށް މެންބަރުން ކުރައްވާ ދަތުރެކެވެ.

ދަތުރުގައި އަބްދުއްރަހީމްއާ އެކު ބައިވެރިވެވަޑައިގަންނަވާ މެންބަރުން:

  1. ކުޑަހުވަދޫ ދާއިރާގެ މެންބަރު ހުސެއިން ހަމީދު
  2. ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަފޫ ހާމިދު
  3. ކުރެންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާމިން ހަބީބް
  4. ބާރަދު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު
  5. ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު
  6. ކެލާ ދާއިރާގެ މެންބަރު އަަބްދުﷲ ޝަރީފް
  7. ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަހުމަދު އައިފާން
  8. ގެމަނަފުށީ ދާއިރާގެ މެންބަރު އަސްއަދުﷲ ޝިހާބު
  9. ހުރާ ދާއިރާގެ މެންބަރު ޑރ އަނާރާ ނައީމް

މިއީ މަޖިލީހުގެ ރައީސްކަމާ ހަވާލުވެވަޑައިގަތް ފަހުން ފޮނަދޫ ދާއިރާގެ މެންބަރުކަންވެސް ކުރައްވާ އަބްދުއްރަހީމް އިންޑިއާއަށް ކުރައްވާ ފުރަތަމަ ދަތުރެވެ.

މަޖިލީހާ އިންޑިއާގެ ގާނޫނު ހަދާ މަޖިލީހާ ދެމެދު އަބަދުވެސް ވަރަށް ގާތްގުޅުމެއް ބާއްވަ އެވެ. އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ދައުވަތަށް މަޖިލީސް މެންބަރުން ދޭތެރެ ދޭތެރެ އިން އެ ގައުމަށް ދަތުރު ކުރައްވަ އެވެ.

މިދިޔަ ސަރުކާރުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖޭގައި ކުރެއްވި ރަސްމީ ދަތުރުފުޅު ގައި މަޖިލީހުގައި ތަގުރީރުވެސް ކުރެއްވި އެވެ.