ޗެނަލް 13 އިން ދެއްކި ރިޕޯޓެއްގެ މައްސަލަ ބްރޯޑްކޮމުން ބަލަނީ
![](https://dhen.mv/wp-content/uploads/2025/02/20250211_170721-850x548.jpg)
މީޑިއާ ރިންގް ޕްރައިވެޓް ލިމިޓެޑްގެ ދަށުން ހިންގާ ޗެނަލް 13 އިން ސަރުކާރަށް ފާޑުކިޔައި ދެއްކި ރިޕޯޓެއްގެ މައްސަލަ ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން ބަލަން ފަށައި، އެކަން އެ ޓީވީ ސްޓޭޝަނަށް އިއްޔެ އަންގައިފި އެވެ.
ބްރޯޑްކޮމްގެ ސެކްރެޓަރީ ޖެނެރަލް މަރިޔަމް ޒީނިޔާ ސޮއިކޮށް ޗެނަލް 13 އަށް އިއްޔެ ފޮނުވި ސިޓީއެއްގައި ބުނީ ހުސްވި ޖެނުއަރީ މަހުގެ 30 ވަނަ ދުވަހު އެ ޗެނަލުން ބްރޯޑްކާސްޓުކުރި "އިރާދަން ހަބަރުގެ ކޮންޓެންޓުގެ ބޮޑު ރިޕޯޓު" މައްސަލަ ކޮމިޝަނުން ބަލަަން ނިންމާފައިވާ ކަމަށެވެ.
ޗެނަލް 13 އިން މީގެ ކުރިން އޮންއެއާކުރި "ބެލްކަނީ" ޑޮކިއުމެންޓަރީގެ މައްސަލައެއްވެސް ބްރޯޑްކޮމުން އެބަ ބަލަ އެވެ.
ސަރުކާރަށް ފާޑުކިޔައި ރާއްޖެ ޓީވީން ދެއްކި "ދިވެހިން ހަމަ ފުނޑިއްޖެއޭ، މިވަރުން ދެން ފުދިއްޖެއޭ" ލަަވައެއްގެ މައްސަލައެއްވެސް ބްރޯޑްކޮމުން ދަނީ ބަލަމުންނެވެ. އެ މައްސަލާގައި ޖަވާބުދާރީވާން 15 ދުވަހުގެ މުއްދަތެއް ކޮމިޝަނުން ވަނީ މިއަދު ދީފަ އެވެ.