Monday, 2 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ޕީސީބީން އެކްސްގައި އާއްމުކުރި ދެ ސާކިއުލާ ޑިލީޓްކޮށްފި

ޕީސީބީން އެކްސްގައި އާއްމުކުރި ދެ ސާކިއުލާ ޑިލީޓްކޮށްފި
ސަރުކާރުގެ ކުންފުނިތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހަރަދުތައް ކުޑަކުރަން ފިޔަވަޅުތަކެއް އަޅަން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) ގެ ރަސްމީ "އެކްސް" އެކައުންޓުން ޕޯސްޓުކުރި ސާކިއުލާ ޑިލީޓްކޮށްފި އެވެ. ގާތްގަތުގައި ޕީސީބިން ދެ ސާކިއުލާއެއް އިއްޔެ ހަވީރު "އެކްސް" ގައި ޕޯސްޓުކުރި އެވެ. އެއް ސާކިއުލާ އަކީ ރޯދަ މަހާ ދިމާކޮށް ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް ރޯދަ އިނާޔަތް ފިޔަވައި އިތުރު ހަދިޔާތައް ނުދޭން އާއްމުކުރި ސާކިއުލާއެކެވެ. އަނެއް ސާކިއުލާ އަކީ ދައުލަތުގެ ހަރަދު ކުޑަކުރުމުގެ ގޮތުން ސަރުކާރުގެ ކުންފުނިތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން މުހިއްމު ފިޔަވަޅުތަކެއް އަޅަން އަންގައި އާއްމުކުރި ސާކިއުލާއެކެވެ. އެކަމަކު މިހާރު އެ ދެ ސާކިއުލާވެސް "އެކްސް" އިން ޑިލީޓްކޮށްފައިވެ އެވެ. އަދި ވެބްސައިޓުންވެސް ވަނީ މިހާރު ނަގާފަ އެވެ. ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އެ ކުންފުނިތަކުގެ ހަރަދުތައް ކުޑަކުރުމަށްޓަކައި އަޅަން ނިންމި ފިޔަވަޅުތަކަކީ: ދައުލަތުގެ ހަރަދު
  1. ރަސްމީ ދަތުރުތައް ފިޔަވައި ރާއްޖެ އާއި ރާއްޖެއިން ބޭރަށް ދަތުރުތައް ނުކުރުން
  2. ރާއްޖެއިން ބޭރަށް ކުރާ ދަތުރުތައް މަދުކޮށް ބައިނަލްއަގްވާމީ ސްޓޭކްހޯލްޑަރުންނާ އޮންލައިންކޮށް ބައްދަލުކުރުން
  3. ދަތުރުތަކުގައި ފަސްޓު ކްލާސް އަދި ބިޒްނަސް ކްލާހުން ދަތުރު ނުކުރުން
  4. ބޭރުގެ ފަރާތްތަކުން ދޭ ދަތުރުތަކުގައި ކުންފުނިން ކުރާ ހަރަދުތައް ކުޑަކުރުން
  5. ފެރީގެ ހިދުމަތް ލިބޭ ސަރަހައްދުތަކުގައި ފެރީން ދަތުރުކުރުން
  6. އަތޮޅު ތެރެއަށް ކުރާ ދަތުރުތަކުގައިވެސް ހަރަދުތައް ކުޑަކުރުން
  7. ބޭރުގެ މަހާސިންތަތަކާއި ފެއާތަކުގައި ބައިވެރިނުވުން
މުވައްޒަފުންގެ ހަރަދު
  1. ކޮންމެހެން ނަގަން ޖެހޭ މުވައްޒަފުން ފިޔަވައި އިތުރު މުވައްޒަފުން ނުނެގުން
  2. މުވައްޒަފުންގެ މުސާރައާއި އިނާޔަތަށް ބަދަލު ނުގެނައުން
  3. ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ނޫނީ އިތުރުގަޑީގައި މަސައްކަތް ނުކުރުން
  4. ދައުލަތުގެ ކުންފުނިތަކުގެ ތެރެއިން ޑޮލަރުން އާމްދަނީ ލިބޭ ތަންތަނުން ޑޮލަރުން މުސާރައާއި އިނާޔަތް ނުދިނުން
  5. ތަމްރީނުތައް ހިންގުމުގައި ކުންފުނީގެ ކަމާގުޅޭ މުވައްޒަފުން ބޭނުންކުރުމާއި ރާއްޖޭގެ ލިބެން ހުރި ވަސީލަތްތައް ބޭނުންކުރުން
  6. މަސައްކަތްތައް އައުޓްސޯސްކޮށްގެން ނުކުރުން
  7. މުވައްޒަފުން އިތުރުވާނަމަ ޕްރޮޖެކްޓުތަކުގައި މުވައްޒަފުން ބޭނުންކުރުން
ޕީސީބީން ބުނީ، ރާއްޖެއަށް ދިމާވެފައިވާ މާލީ ހާލަތުން އަރައިގަތުމަށްޓަކައި ދައުލަތުގެ ވިޔަފާރީގެ ހަރަދުތައް ވީހާވެސް ކުޑަކުރުމަކީ މުހިއްމު ކަމެއް ކަމަށެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް