ޚަބަރު

ހަނިމާދޫއިން ޑްރަގާއެކު ދެމައިން ހައްޔަރުކޮށްފި

އަލީ ސަމާޙް ، ދެން އޮންލައިން

ހދ. ހަނިމާދޫގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާ އެކު ދެމައިން އިއްޔެ ހައްޔަރުކޮށްފި އެވެ.

Ads by STELCO

ފުލުހުންގެ ވެބްސައިޓުގައި މިއަދު ޝާއިއުކުރި ހަބަރެެއްގައި ބުނީ މަސްތުވާތަކެތި ބޭނުންކޮށް، އެ ތަކެތި ގެންގުޅެ އަދި ވިޔަފާރިކުރާ ކަމަށް ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހަނިމާދޫގައި އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ.

ހަނިމާދޫ ޕޮލިސް ސްޓޭޝަނާއި ކައުންޓަނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނުގައި  ހައްޔަރުކޮށްފައިވަނީ:

  1. ހަނިމާދޫ / މަޔާ ޕެލަސް، އާމިނަތު (56އ)
  2. ހަނިމާދޫ / މަޔާ ޕެލަސް، ފާތިމަތު މާޔާ (25އ)

އެ ދެ މީހުންނަކީ ދެމައިން ކަމެއް ފުލުހުނެއް ނުބުނެ އެވެ. އެކަމަކު ހައްޔަރުކުރީ އަންހެން މީހާއާ އޭނާގެ ދަރިއެއް "ދެން" އަށް ވަނީ ޔަގީންވެފަ އެވެ.

ފުލުހުން ހިންގި އޮޕަރޭޝަނުގައި، އެ ދެ މީހުން ހައްޔަރުކޮށް، އެ މީހުން ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ބެލެވޭ ތަކެއްޗާއި ފައިސާ ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފެނުނު މަސްތުވާތަކެތީގެ ވަގުތީ ބަރުދަނަކީ 189.69 ގުރާމެވެ.

އެ މައްސަލައާ ގުޅިގެން އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ހަނިމާދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން އާމިނަތުގެ ބަންދަށް 5 ދުވަހަށް އަދި މާޔާ 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެ އެވެ.