Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

މޫސުމީ ކާރިސާތައް ސިޔާސީ މަޝްވަރާތަކަށް މަޑެއް ނުކުރާނެ: ނައިބު ރައީސް

މޫސުމީ ކާރިސާތައް ސިޔާސީ މަޝްވަރާތަކަށް މަޑެއް ނުކުރާނެ: ނައިބު ރައީސް
މޫސުމީ ކާރިސާތަކަކީ ސިޔާސީ މަޝްވަރާތަކަށް މަޑުކުރާނެ ކަންތައްތަކެއް ނޫން ކަމަށް ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް މިއަދު ވިދާޅުވެއްޖެ އެވެ. ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ) ގައި މިހާރު ކުރިއަށްދާ "ވޯލްޑް ގަވަމަންޓްސް ސަމިޓް 2025"ގެ ހަވާސާގައި، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކާ ބެހޭ ފޯރަމްގައި ތަގުރީރުކުރައްވަމުން ނައިބު ރައީސް ވިދާޅުވީ މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ އަސަރުތައް ކުޑަކޮށް ކާރިސާތައް މެނޭޖްކުރުމަށްޓަކައި، ހަރަކާތްތެރި ލީޑާޝިޕެއް ބޭނުންވާ ކަމަށެވެ. ހަމަ އެހެންމެ ދުނިޔޭގެ ބޮޑެތި އިގުތިސާދީ ގައުމުތަކުން ވެފައިވާ މޫސުމީ ބަދަލުތަކުގެ ވައުދުތަކަށް އިހުތިރާމްކޮށް، އެ ގައުމުތަކުގެ އަމަލުތައް އެއްގޮތް ކުރަން ޖެހޭކަން ނައިބު ރައީސް ފާހަގަ ކުރެއްވި އެވެ. ނައިބު ރައީސް ވިދާޅުވި ގޮތުގައި ދުނިޔޭގެ ހަމަޖެހުން ބަރޯސާވަނީ ފަރުދީ އަމަލުތަކުގެ މައްޗަށް ނޫންކަމާއި، އިތުބާރުގެ މައްޗަށްކަން ގަބޫލުކުރަން ޖެހޭ ކަމަށެވެެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި މޫސުމީ ކާރިސާތަކަކީ ސިޔާސީ މަޝްވަރާތަކަށް އިންތިޒާރުކޮށް، މަޑުކުރާނެ ކަމެއް ނޫނެވެ. އަދި ތޫފާނީ ބާރު ގަދަވުމަކީ އިގުތިސާދީ އޮއިވަރާ ގުޅިފައި އޮތް ކަމަކަމަށް ނުވާ ފަދައިން، ފިނިހޫނުމިން މަތިވުމަކީ ސަރަހައްދީ އިމަކަށް ބަލައިގެން މެދުވެރިވާ ކަމެއް ނޫން ކަންވެސް ފާހަގަކުރެއްވި އެވެ. ނައިބު ރައީސްގެ ވާހަކަފުޅުގައި އިތުރަށް ފާހަގަކުރެއްވި ކަންކަން
  • މޫސުމަށް އަންނަ ބަދަލުތަކަކީ، ސަރުކާރުގެ ކޮންމެ ނިންމުމެއްގެ މައިގަނޑު އަސާސަކަށް ހެދުން
  • ކޮންމެ ނިންމުމެއް ނިންމުމުގެ ކުރިން، މޫސުމާއި ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތަކަކީ ކޮބައިކަން ފުރަތަމަ ސުވާލުކުރުން
  • ހަމަ އެކަނި ވައުދުތަކެއް ވުމުގެ ބަދަލުގައި، ޢަމަލީ ގޮތުން ފިޔަވަޅުތަކެއް އެޅުމަށް ބައިނަލްއަގުވާމީ މުޖުތަމައުއަށް ގޮވާލެއްވި
ނައިބު ރައީސްގެ ވާހަކަފުޅުގައި ވަނީ 2028 ވަނަ އަހަރުގެ ތެރޭގައި އިއާދަކުރަނިވި ހަކަތައިން ރާއްޖޭގެ ކަރަންޓުގެ 33 އިންސައްތަ އުފެއްދުމަށް ރާއްޖެއިން އަމާޒު ހިފައިފައިވާކަން ވެސް ފާހަގަ ކުރައްވައިފަ އެވެ. އަދި އޭގެ ސަބަބުން ފޮސިލް ފިއުލަށް ބަރޯސާވުން ކުޑަވެ، ހަކަތައިގެ ރައްކާތެރިކަން އިތުރުވެގެންދާނެކަން އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް