މުޒާހަރާކުރި 3 ޑްރައިވަރަކަށް ދައުވާކޮށްފި

ސަރުކާރުން ޓެކްސީލައިނެއް ތައާރަފްކުރުމާ ދެކޮޅަށް ހުސްވި ޑިސެމްބަރު އިހުތިޖާޖުކޮށް، ފުލުހުންނަށް ހުރަސްއެޅިކަމުގެ ތުހުމަތުގައި 3 ޓެކްސީ ޑްރައިވަރަކަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އިން ދައުވާ ކޮށްފި އެވެ.
ފުލުހުންގެ ދައުރަށް ހުރަސްއެޅިކަމުގެ ތުހުމަތަށް ދައުވާކޮށްފައި ވަނީ:
- މއ. ވިރާހު، މުހައްމަދު ޝާމިން (39އ)
- މއ. ނަހީދީ މަންޒިލް، މިސްބާހު ޝަރީފް (31އ)
- ހދ، ކުމުންދޫ ހޮލިޑޭވިލެޖް، ނުއުމާން އަހުމަދު (36އ) އެވެ.
ސަރުކާރުން ޓެކްސީ ޑްރައިވަރުންގެ ޑިމާންޑުތަކަށް ޖަވާބެއް ނުދޭ ކަމަށް ބުނެ ޓެކްސީ ޑްރައިވަރުން ކުރި މުޒާހަރާގައި ހުޅުމާލެއިން ހައިވޭއަށް އަރަން އޮންނަ މަގުވެސް ބަންދުކުރި އެވެ. އޭގެ ސަބަބުން ޓްރެފިކް ތޮއްޖެހި މަގު ބްލޮކްވި އެވެ. އިހުތިޖާޖުގެ ތެރެއިން ހަތަރު ފުރޮޅުލި 20 އުޅަނދެއް ފުލުހުން ޓޯވެސް ކުރި އެވެ.
ސަރުކާރުން ޓެކްސީގެ ހިދުމަަތަށް ވަނުމާ ދެކޮޅަށް ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް ތިމާވެއްޓާ ރަށްޓެހި ފްލީޓަކާ އެކު މާލެ ސަރަހައްދުގައި ޓެކްސީ ފްލީޓެއްގެ ހިދުމަތް ފެށުމަށް ޓްރާންސްޕޯޓު މިނިސްޓްރީން ވަނީ ބުދަ ދުވަހު އެމްޓީސީސީއާ ހަވާލުކޮށްފަ އެވެ. ސަރުކާރުން ބުނި ގޮތުގައި އެއީ ޓެކްސީ ހިދުމަތާ ގުޅިގެން ކުރިމަތިވާ ދަތިތަކަށް ހައްލު ހޯދައިދިނުމަށް ނިންމި ނިންމުމެކެވެ.
ނަމަވެސް ޑްރައިވާސް އެސޯސިއޭޝަންއިން ނެރުނު ބަޔާނުގައި ބުނީ ސަރުކާރުގެ ނިންމުމަކީ ޓެކްސީގެ ހިދުމަތުގައި އަމާނާތްތެރިކަމާއެކު މަސައްކަތްކުރާ އެންމެންގެ ހައްގަށް އަރައިގަތުން ކަމަށެވެ. އަދި އެ ނިންމުން ނިންމި ސަބަބު ސާފުކޮށްދީ ސަރުކާރުގެ ނިންމުން އަލުން މުރާޖާކުރުމަށް އެ އެސޯސިއޭޝަނުން ގޮވާލި އެވެ.
އެސޯސިއޭޝަނުން ބުނީ ޓެކްސީ ފްލީޓެއް ތައާރަފްކުރީ އެކަށީގެންވާ ދިރާސާއެއް ނުކޮށް އެކަން ނުކުރާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވައުދުވެ ވަޑައިގެންފައި ވަނިކޮށް ކަމަށެވެ.
ސަރުކާރުން ޓެކުސީ ތައާރަފު ކުރަން ލަސްވެސް ވެޖެ. ޑުރައިވަރުން ހަޔާތްކެނޑިގެން އުޅެންޏާ ހައްޔަެުވެސް ކުރަންވީ. ޟިްައުމުގާ އުޅއނީ ޓެކުސީ ޑުރައިވަރުން އެކަންޏެއްނޫން