މެދުކެނޑުމަކަށް ފަހު އަހާ ފޯރަމް މިރޭ ބާއްވަނީ

ދައުލަތުގެ ވަޒީރުންނަށް ރައްޔިތުންނަށް ސީދާ ސުވާލުކުރެވޭ ގޮތަށް މި ސަރުކާރުން ކުރިއަށްގެންދާ "އަހާ" ފޯރަމް މެދުކެނޑުމަކަށް، ފަހު މިރޭ ބާއްވާ ގޮތަށް ނިންމައިފި އެވެ.
މި ފަހަރުގެ ފޯރަމްގައި ބައިވެރިވާނީ:
- ޖެންޑާ، ފެމެލިީ އެންްޑް ސޯޝަލް ސާވިސް މިނިސްޓަރު ޑރ. އައިޝަތު ޝިހާމް
- ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު
- އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
- އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު
- ޓޫރިޒަމް މިނިސްޓަރު ތާރިގު އިބްރާހިމް
ރައީސް އޮފީހާއި ދައުލަތުގެ މީޑިއާ ޕީއެސްއެމްއާ ގުޅިގެން ކުރިއަށްގެންދާ އަހާގެ 4 ވަނަ ފޯރަމް އޮންނާނީ މިރޭ 21:00 ގަ އެވެ.
ރައްޔިތުންގެ ސުވާލުތައް އޭއެޗް ޖެހުމަށް ފަހު ކުޑަ ހުސްތަންކޮޅެއް ދިނުމަށް ފަހު، ސުވާލު ލިޔެ، 300 ނަމްބަރަށް ފޮނުވޭނެ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.
އަހާގެ ފުރަތަމަ ފޯރަމް ބާއްވާފައިވަނީ 2023 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގަަ އެވެ. ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި އެ ފޯރަމްގައި ވީޑިއޯއާއި އެސްއެމްސްގެ އިތުރުން އޮންލައިންކޮށް ވެސް ވަޒީރުންނާ ސުވާލުކޮށްފައިވެ އެވެ.
އޭގެ ފަހުން ރައީސް ޑރ. މުހައްމަދު މުއިއްޒާ ސުވާލުކުރެވޭ ގޮތަށް ވެސް އަހާ ފޯރަމެއް ބާއްވާއިފައިވެ އެވެ.
'އަހާ' ސިލްސިލާގެ ފޯރަމްތަކުގެ ގޮތުގައި ކޮންމެ ދެ މަހުން އެއްމަހު ވަޒީރުން ބައިވެރިވެވަޑައިގަންނަވާ ފޯރަމްތަކަށްވީ ނަމަވެސް އެންމެ ފަހުން ފޯރަމެއް ބޭއްވީ ހުސްވި އަހަރުގެ މޭމަހު އެވެ.