މާލެ މަގުމައްޗަށް ދޫކޮށްލާފައި ހުރި 235 އުޅަނދު މިއަދު ޓޯކޮށްފި

މާލޭގެ މަގުތަކުގައި ދިގު މުއްދަތަކަށް ބޭނުންނުކޮށް ދޫކޮށްލާފައި ހުރި އުޅަނދުތައް ނެގުމުގެ އޮޕަރޭޝަނެއް މިއަދު ފަށައިގެން 235 އުޅަނދު ޓޯކޮށްފި އެވެ.
ފުލުހުން ބުނި ގޮތުގައި މިއަދު ޓޯކުރީ 201 ސައިކަލު، ހަތަރު ފުރޮޅުލީ 31 އުޅަނދު އަދި 3 ބައިސްކަލެވެ.
ފުލުހުން މަސައްކަތްކުރީ މާލެ ސިޓީ ކައުންސިލްގެ މުވައްޒަފުންގެ ވެސް އެހީތެރިކަން ހޯދި އެވެ.
މިދިޔަ 2024 ވަނަ އަހަރު ޖުމްލަ 15،514 އުޅަނދު ވަނީ ޓޯ ކޮށްފަ އެވެ. އެއީ 11،645 ސައިކަލާއި 2،567 ކާރާއި 478 ޕިކަޕާއި 367 ވޭން އަދި 87 ޓްރަކެވެ. އޭގެ ތެރެއިން 13،562 އުޅަނދު އޭގެ ވެރިފަރާތާ ހަވާލުކުރިއިރު، 546 އުޅަނދު ނައްތާލާފައިވާ ކަމަށް ބުނެފައިވެ އެވެ.