Monday, 2 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ރޯދަ މަހު މާލޭ އާއި ހުޅުމާލޭގައި ވަގުތީ މާރުކޭޓުތަކެއް

ރޯދަ މަހު މާލޭ އާއި ހުޅުމާލޭގައި ވަގުތީ މާރުކޭޓުތަކެއް
ކުރިއަށް އޮތް ރޯދަ މަހު ކާބޯތަކެތި ފަސޭހައިން ލިބޭނެ ގޮތް ހެދުމަށް މާލެ އާއި ހުޅުމާލޭގައި ވަގުތީ މާރުކޭޓުތަކެއް ގާއިމުކުރަން ނިންމާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ. އެ މިނިސްޓްރީން ރައީސް އޮފީހުގައި ބޭއްވި ޕްރެސް ބްރީފިންއެއްގައި މިނިސްޓްރީގެ ޕޮލިސީ އެންޑް ރިސާޗް ކޮންސަލްޓެންޓު ފާތިމަތު ނަޝްވާ ބަދީއު ވިދާޅުވީ ވަގުތީ މާރުކޭޓުތައް ހެދުމަށް މަޝްވަރާ ކުރެވެމުން ދަނީ މާލޭގެ އިތުރުން ހުޅުމާލޭގެ ފޭސް އެކެއް އަދި ދޭއްގައި ކަމަށެވެ. އެކަމުގެ އިތުރު ތަފްސީލެއް އޭނާ ހިއްސާއެއް ނުކުރެ އެވެ. ރޯދަ މަހު ބާޒާރުގައި ކާބޯތަކެތީ އަގު ހިފެހެއްޓުމަށްޓަކައި 141 އަސާސީ ބާވަތެއް މޮނިޓާކުރަން ނިންމާފައިވާ ކަމަށް އެ ޕްރެސްގައި މިނިސްޓްރީން ވަނީ ހާމަކޮށްފަ އެވެ. މިނިސްޓްރީން ބުނީ އަސާސީ ބާވަތްތައް މޮނިޓާކުރާނީ 3 ކެޓަގަރީއަކަށް ބަހާލައިގެން ކަމަށެވެ.

އަސާސީ ބާވަތްތަކުގެ ގޮތުގައި މޮނިޓާކުރާ ކެޓަގަރީތައް:

  • ގޭބީސީތަކުގެ ކެއުމަށާއި، ކާތަކެތި ތައްޔާރު ކުރުމަށް ބޭނުންކުރާ އަސާސީ ބާވަތްތަކުން 93 އައިޓަމެއް
  • މޭވާ އަދި ތަރުކާރީގެ ބާވަތްތަކުން 38 އައިޓަމެއް
  • މަސް (ކަނޑުމަހުގެ ބާވަތްތަކުން) 10 އައިޓަމެއް
އޭގެ ތެރެއިން 32 އައިޓަމަކީ ކްރިޓިކަލް އައިޓަމްތަކުގެ ގޮތުގައި މިނިސްޓްރީން ވަނީ ކަނޑައަޅާފަ އެވެ. އެތަކެތި މޮނިޓާކުރަން މިނިސްޓްރީގެ އިންސްޕެކްޝަން ޓީމުތަކުން މާލެ އާއި އަތޮޅުތެރޭގެ ފިހާރަތަކާއި، ލޯކަލް މާރުކޭޓުގައި ހަރަކާތްތެރިވާނެ އެވެ. "އެ އެނާލިސިސްގެ ދަށުން އަޅުގަނޑުމެންނަށް އަސާސީ ބާވަތެއްގެ އަގު ބޮޑުވެއްޖެ ނަމަ މިނިސްޓްރީން އިންޓަވީން ކުރާނެ،" އިކޮނޮމިކް މިނިސްޓްރީން ބުނީ، އަގުތައް ހިފަހައްޓާނީ އެސްޓީއޯ މެދުވެރިކޮށް ކަމަށެވެ.  

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް