މާލެ ސަރަހައްދުގައި މަސް ދަޅު ބަހާ ގަޑި ބަދަލުވެއްޖެ

ކުރިއަށް އޮތް ރޯދަ މަހަށް ގޭބިސީތަކަށް، ސަރުކާރުން ހަދިޔާކުރާ މަސްދަޅު ކޭސް މާލެ ސަރަހައްދުގައި ބަހަން ހަމަޖެހިފައިވާ ގަޑިތަކަށް ބަދަލުތަކެއް އައިސްފައިވާ ކަމަށް އެސްޓީއޯއިން މިއަދު ބުނެފި އެވެ.
ކުރިން ހަމަޖެހިފައިވަނީ އޮތީ މިއަދު މެންދުރުފަހު 2:30 ގައި މަސްދަޅު ބަހަން ފަށާ ގޮޮތަށެވެ. އަދި މަސް ދަޅު ބަހާ ގޮތަށް އޮތީ ސިޓީ ކައުންސިލުންނެވެ. އެކަމަކު އެ މަސައްކަތް އެސްޓީއޯއިން ކުރިއަށް ގެންދާ ގޮތަށް މިހާރު ވަނީ ނިންމާފަ އެވެ. ބަދަލުކުރި ސަބަބެއް އެނގިފަ އެވެ.
އެސްޓީއޯ އިން ބުނީ މަސްދަޅު ބެހުމަށް ހަމަޖެހިފައިވާ ތާވަލަށް ބަދަލު ގެނެސްފައިވަނީ މިދިޔަ އަހަރުގެ ތަޖުރިބާއާއި ދިމާވި ދަތިތަކަށް ރިއާތްކޮށް މި އަހަރުގެ ހަދިޔާ ބެހުމުގެ އިންތިޒާމުތައް ހަރުދަނާކޮށް ފަސޭހަކޮށް މަސްދަޅު ކޭސް ލިބޭނެ ގޮތައް ކަންކަން ރާވައި ބައްޓަން ކުރުމަށް ކަމަށެވެ.
އެހެންވެ މަސްދަޅު ބެހުން ކުރިއަށްދާނީ މިރޭ 8:30 ގައި ކަމަށް އެސްޓީއޯއިން ބުންޏެވެ
މަސްދަޅު ކޭސް ބެހުމަށް ހަމަޖެހިފައިވާ ތާރީހާއި ގަޑިތައް:
- 20 ފެބްރުއަރީ- 20:30 އިން 23:00 އަށް
- 21 ފެބްރުއަރީ ބަންދު (ހުކުރު)
- 22 ފެބްރުއަރީ 2025- 10:00 އިން 16:00 އަށް އަދި ރޭގަނޑު 20:30 އިން 23:00 އަށް
- 23 ފެބްރުއަރީ އިން 27 ފެބްރުއަރީ 2025- 14:30 އިން 18:00 އަށް އަދި ރޭގަނޑު 20:30 އިން 23:00 އަށް
- މިފްކޯ އޮފީސް ކޮމްޕައުންޑް
- ހެންވޭރު އެމްޓީސީސީ ސޯމިލް
- ވެމްކޯ ސައިޓް (ވިލިމާލެ)
- އުމަރު ޒާހިރު ބިލްޑިން (ހުޅުމާލޭ ފޭސް އެކެއް)
- ހިޔާ ފްލެޓް ޓަވަރު 10 ގެ ޔޫތު ސެންޓަރު (ފޭސް ދޭއް)






ކޮމެންޓް