ޚަބަރު

ލަންކާގެ ބޮޑުވަޒީރު ވިދާޅުވީ ގުޅުން އިތުރަށް ބަދަހިކުރަން ތައްޔާރު ކަމަށް

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ފޮރިން މިނިސްޓަރު ހަލީލް ލަންކާގެ ފޮރިން މިނިސްޓަރާއެކު - ފޮޓޯ/ފޮރިން މިނިސްޓްރީ

ރާއްޖެއާއެކު އެކި ދާއިރާތަކުން ގުޅުން ބަދަހިކުރަން ތައްޔާރަށް އޮތް ކަމަށް ސްރީލަންކާގެ ބޮޑުވަޒީރު ހަރީނީ އަމަރަސޫރިޔާ ވިދާޅުވެއްޖެ އެވެ.

Ads by STELCO

ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ލަންކާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިނިސްޓަރު މިއަދު ވަނީ ލަންކާގެ ބޮޑުވަޒީރުގެ އަރިހަށް އިހުތިރާމް ޒިޔާރަތެއް ކުރައްވައި ވާހަކަތައް ބާއްވަވައިފަ އެވެ.

އެ ބައްދަލުވުމުގައި މިނިސްޓަރު ހަލީލު ވަނީ ރާއްޖޭގެ ތަރައްގީއަށް ލަންކާއިން ވެދީފައިވާ އެހީތަކަށް ޝުކުރު އަދާ ކުރައްވައިފަ އެވެ.

ހާއްސަކޮށް ތައުލީމީ ދާއިރާއާއި މީހުން ބިނާކުރުމަށް ލަންކާއިން ވެދީފައިވާ އެހީތައް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

ހަމަ އެހެންމެ ލަންކާއަކީ ގިނަ ދިވެހީން ދިރިއުޅެމުންދާ ގައުމެއްކަން ވެސް ފާހަގަކުރެއްވި އެވެ.

އަދި އެ ބައްދަލުވުމެއްގައި ލަންކާގެ ބޮޑުވަޒީރު ވަނީ އެކި ދާއިރާތަކުން ރާއްޖެއާ ގުޅުން އިތުރަށް ބަދަހިކުރަން ތައްޔާރަށް އޮތް ކަމަށެވެ.

ލަންކާއަަށް ހަލީލު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ލަންކާގައި ދިރިއުޅޭ ދިވެހިންނާ މިނިސްޓަރު ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާއިރު، ލަންކާގެ ޕްރައިވެޓް ސެކްޓަރއާ ބައްދަލުކުރައްވައި، އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް ހުރި ފުރުސަތުތަކާ ގުޅޭ ގޮތުންވެސް މަޝްވަރާތައް ކުރުމަށް ހަމަޖެހިފައިވެ އެވެ.