ޒަކިއްޔާގެ މަރުގެ މައްސަލަ: ހޮޅުދޫ ޕޮލިސްޓޭޝަން ދޮށުގައި މުޒާހަރާކުރަނީ

ހުސްވި އަހަރުގެ ސެޕްޓެމްބަރު މަހު، ނ. ހޮޅުދޫގައި މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާގެ މަރުގެ މައްސަލަ ތަހުގީގު ކުރަން ގޮވާލާއި އެ ރަށު ފުލުސް އޮފީހުގެ ދޮށަށް ރައްޔިތުން އެއްވެސް މުޒާހަރާކުރަން ފަށައިފި އެވެ.
ޒަކިއްޔާގެ މަރުގެ މައްސަލާގައި ހޮޅުދޫ ރައްޔިތުންގެ މެދުގައި ކަންބޮޑުވުންތަކެއް އެބައޮތެވެ. އެ މީހުން ބުނާ ގޮތުންނަމަ ބަޔަކު ޒަކިއްޔާ މަރާލީ އެވެ. އެ މަރުގެ މައްސަލާގައި ފުލުހުންގެ ތަހުގީގު ކުރިއަށްދާ ގޮތާ މެދު ހިތްހަމަނުޖެހުން ފާޅުކޮށް ދޭތެރެ ދޭތެރެއިން އިހުތިޖާޖު ކުރެ އެވެ.
އެގޮތުން މިއަދު ހަވީރުން ފެށިގެން ކުރަމުންދާ އިހުތިޖާޖުގައި ގިނަ އަދަދެއްގެ ބަޔަކު ދަނީ ޕޮލިސް ސްޓޭޝަން ދޮށުގައި އެ މީހުންގެ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އެއްވި މީހުން ދަނީ ޒަކިއްޔާގެ ފިރިމީހާ މުހައްމަދު ރަޝީދަށް ތުހުމަތުތަކެއްކޮށް އޭނާ ހައްޔަކުރަން ގޮވާލަމުންނެވެ. އަދި ހެކި ނައްތާލަން މަސައްކަތްކުރި މީހުން ހައްޔަރުކުރަންވެސް އެ މީހުން ގޮވާލި އެވެ.
އެއްވި މީހުން ބުނީ އެތަން ދޫކޮށްދާނީ ޒަކިއްޔާގެ މަރުގެ މައްސަލާގައި ފުލުހުންގެ ފަރާތުން އެކަށީގެންވާ ޖަވާބެއް ލިބުމުން ކަމަށެވެ.
<strong>"އަޅުގަނޑުމެންގެ ވަރަށް ގިނަ ކަންތައްތަކަށް އެދިއްޖައިން.. އެއްވެސް ޖަވާބެއް ޕޮލިހުންގެ ފަރާތުން ރައްޔިތުންނަށް ދެވިފައެއް ނެތް އަދި. މިއީ 5 ވަނަ އިހުތިޖާޖު"</strong> މުޒާހަރާގައި ވާހަކަ ދެއްކި މީހަކު ބުންޏެވެ.
އެ މީހާ ބުނީ ޒަކިއްޔާ މަރަށް އިންސާފަށް އެދި ގޮވާލުމުން މުއައްސަސާތަކުން ދިނީ ބީރުކަންފަތެއް ކަމަށެވެ. އަދި އެކަމުގައި ސަރުކާރުންވެސް މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައި ނުވާތީވެ ކަންބޮޑުވުން ފާޅުކުރި އެވެ.
[caption id="attachment_271873" align="aligncenter" width="900"]<img class="wp-image-271873 size-full" src="https://cdn.dhen.mv/wp-content/uploads/2025/02/WhatsApp-Image-2025-02-22-at-14.08.01_1feb98d6.jpg" alt="" width="900" height="600" /> ޒަކިއްޔާގެ މަރަށް އިންސާފު ހޯދަން ގޮވާލައި ކުރަމުންދާ އިހުތިޖާޖުގެ ތެރެއިން/ ފޮޓޯ: ކިޔުންތެރިއެއް[/caption]
<strong>"މި މުޒާހަރާގެ ކަންތައް [ސަރުކާރުން] ވަރަށް ގާތުން ބައްލަވާނެ ކަމަށް އުއްމީދުކުރަން''</strong> ޒަކިއްޔާގެ މަރުގެ މައްސަލާގައި އިންސާފު ހޯދަން މަސައްކަތް ނުކުރާ ކަމަށް ބުނެ މުޒާހަރާގެ ބައިވެރިން ވަނީ އެ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދުގެ އިސްތިއުފާ އަށްވެސް ގޮވާލާފަ އެވެ.
ޒަކިއްޔާގެ މަރާލިކަމަށް ތުުހުމަތުކޮށް މުޒާހަރާ ކުރަމުންދިޔަ ނަމަވެސް ޒަކިއްޔާ މަރާލާފައިވާ ކަމުގެ އެއްވެސް ހެއްކެއް ފެންނަން ނެތް ކަމަށް ހުސްވި ޑިސެމްބަރު މަހު ބޭއްވި ޕްރެސްގައި ފުލުހުން ވަނީ ބުނެފަ އެވެ. ޒަކިއްޔާ އަށް ލިބިފައިވާ އަނިޔާތަކަކީ މީހެއްގެ ފަރާތުން ލިބުނު އަނިޔާތަކެއް ކަމަށް ނޫން ކަމަށްވެސް އެ މައްސަލާގައި ބޭއްވި ޕްރެސްގައި ފުލުހުން ބުންޏެވެ.
ޒަކިއްޔާ މަރުވެފައި އޮއްވާ ފެނުނީ އޭނާ ދިރިއުޅުނު އެ ރަށު ނިއުލައިފް ގޭގެ ގުދަން ކައިރިން މިދިޔަ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހުގެ ހެނދުނު އެވެ. ޒަކިއްޔާގެ ހަށިގަނޑު ފުރަތަމަ ފެނުނީ އެ ކުނި ނަގަން ދިޔަ ބަޔަކަށެވެ.







ކޮމެންޓް