Monday, 2 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ހޮޅުދޫ މުޒާހަރާގައި ޕެޕަ ސްޕްރޭ ޖަހައިގެން ދުވަސްވީ ހަތަރު މީހަކު ހާލު ދެރަވެ މަރުކަޒަށް ގެންދިޔަ

ހޮޅުދޫ މުޒާހަރާގައި ޕެޕަ ސްޕްރޭ ޖަހައިގެން ދުވަސްވީ ހަތަރު މީހަކު ހާލު ދެރަވެ މަރުކަޒަށް ގެންދިޔަ

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު، ނ. ހޮޅުދޫގައި އެ ރަށު ޒަކިއްޔާ މޫސާ މަރުވެފައި އޮއްވާ ފެނުނު މައްސަލައިގެ ތަހުގީގު ހިނގަމުންދާ ގޮތާ މެދު ނުރުހުން ފާޅުކޮށް މިއަދު އެ ރަށުގައި ކުރި އިހުތިޖާޖުގެ ތެރެއިން ފުލުހުން ޕެޕަސްޕްރޭ ޖަހައިގެން ހަތަރު މީހަކު ހޮސްޕިޓަލަށް ގެންދަން ޖެހުނެވެ.

"ދެން އޮންލައިން"އަށް މައުލޫމާތު ލިބުނު ގޮތުގައި މަނަދޫން ފުލުހުން ގޮސް އެ ރަށަށް ލޯންޗުން އަރަން އުޅުނު އިރު ބައެއް މީހުން އެ ސަރަހައްދަށް ވެސް އެއްވި އެވެ. ފުލުހުން ރަށު ތެރެއަށް އެރީ އެ ސަރަހައްދަށް ޕެޕަ ސްޕްރޭ ޖެހުމަށް ފަހު އެވެ.

ޕެޕަ ސްޕްރޭ ޖެހުމުގެ ސަބަބުން އޭރު އެ ސަރަހައްދުގައި ތިބި އުމުރުން ދުވަސްވީ ހަތަރު މީހަކު ނޭވާ ހާސްވެގެން މަރުކަޒަށް ގެންދިޔަ އެވެ. ހަތަރު މީހަކު ފަރުވާ ދޭން ގެން ދިޔަ ކަން އެ ރަށު ސިއްހީ މަރުކަޒުން ކަށަވަރުކޮށްދިނެވެ.

Advertisement
Ooredoo — Truecaller (box)

ދެ މީހަކަށް އަދިވެސް މަރުކަޒުގައި ފަރުވާ ދެމުންދާ ކަމަށް މައުލޫމާތު ލިބެ އެވެ.

ޒަކިއްޔާގެ މަރާލި ކަމަށް ތުުހުމަތުކޮށް މުޒާހަރާ ކުރަމުންދިޔަ ނަމަވެސް ޒަކިއްޔާ މަރާލާފައިވާ ކަމުގެ އެއްވެސް ހެއްކެއް ފެންނަން އަދި ނެތް ކަމަށް ހުސްވި ޑިސެމްބަރު މަހު ބޭއްވި ޕްރެސްގައި ފުލުހުން ބުންޏެވެ.

ޒަކިއްޔާއަށް ލިބިފައިވާ އަނިޔާތަކަކީ މީހެއްގެ ފަރާތުން ލިބުނު އަނިޔާތަކެއް ކަމަށް ނޫން ކަމަށް ވެސް އެ މައްސަލާގައި ބޭއްވި ޕްރެސްގައި ފުލުހުން ބުންޏެވެ.

މަރާލި ކަމަށް ރަށު މީހުން ގަބޫލު ކުރާ ސަބަބަކީ ޒަކިއްޔާ މަރުވެފައި އޮއްވާ ފެނުނު ގުދަނުގެ ތެރޭގައި ވަޅިއެއް އޮތުމުންނާއި ފެނުނު ވަޅީގައި ޒަކިއްޔާގެ ލޭ ހުރުމުންނެވެ. ޒަކިއްޔާ ފެނުނު އިރު އޭނާގެ ކަރުގައި ވަޅި އަޅާފައިވާ ކަމަށް ފިުލުހުން ވެސް ބުނެފައިވެ އެވެ.

https://dhen.mv/271849

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް