ސައިކަލެއް ކޮންޓްރޯލުން ނެއްޓި މީހަކަށް އަނިޔާވެއްޖެ

އައްޑޫ ހުޅުމީދޫގައި ސައިކަލެއް ކޮންޓްރޯލުން ނެއްޓި މީހަކަށް އަނިޔާވެއްޖެ އެވެ.
ފުލުހުން ބުނި ގޮތުގައި އެކްސިޑެންޓްގެ ރިޕޯޓް ލިބުނީ މިރޭ 11:30 ހާއިރެވެ.
މި މީހާއަށް މި ވަގުތު އައްޑޫ އެކުއަޓޯރިއަލް ހޮސްޕިޓަލްގައި ފަރުވާ ދެމުންދާ ކަމަށް ބުންޏެވެ.
ސައިކަލު ކޮންޓްރޯލް ނުވެގެން ވެއްޓި އެކްސިޑެންޓްވި މައްސަލަ ފުލުހުންގެ ސަމާލު ކަމަށް އައިސްގެން ބަލަން ޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުންދާ ކަމަށް ބުންޏެވެ.

Ads by HDC