ހޮޅުދޫ ރައްޔިތުން އަދިވެސް އިހުތިޖާޖުގައި!

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު، ނ. ހޮޅުދޫގައި އެ ރަށު ޒަކިއްޔާ މޫސާ މަރުވެފައި އޮއްވާ ފެނުނު މައްސަލައިގެ ތަހުގީގު ހިނގަމުންދާ ގޮތާ މެދު ނުރުހުން ފާޅުކޮށް އެ ރަށުގައި އަދިވެސް އިހުތިޖާޖުކުރަމުން އެބަދެ އެވެ.
މި ފަހުން ހޮޅުދޫގެ ރައްޔިތުން އިހުތިޖާޖަށް ނިކުތީ ހޮނިހިރު ދުވަހު އެވެ. އެ ދުވަހު އިހުތިޖާޖަށް ނިކުތް މީހުން އެއްވީ ރަށުގެ ޕޮލިސް ސްޓޭޝަން ދޮށަށެވެ.
ގިނަ ބަޔަކު އެ ސަރަަހައްދަށް އެއްވިއިރު، އެމީހުން ގޮވާލަމުން ދިޔައީ ޒަކިއްޔާ މަރުގެ މައްސަލާގައި ޝާމިލުވާ މީހުން ހައްޔަރު ކުރުމަށެވެ. އަދި ޒަކިއްޔާގެ މަރަށް އިންސާފު ހޯދަންވެސް ގޮޮވާލި އެވެ. އެއްވި މީހުން ކޮންޓްރޯލް ކުރަން ނ. އަތޮޅު ވެރިކަންކުރާ ރަށް މަނަދޫއިން ހޮޅުދޫ އަށް ދިޔަ ފުލުހުންތަކެއް ރަށަށް ފައިބަން އުޅުމުން އެކަމަށް ހުރަސް އެޅުމުން ފުލުހުން ވަނީ މުޒާހަރާގެ ތެރެއަށް ޕެޕަސްޕްރޭ ޖަހާފަ އެވެ. ނޭވާހާސްވެގެން ބަޔަކަށް ފަރުވާވެސް ދިނެވެ.
އޭގެ ފަހުން އިއްޔެ އިހުތިޖާޖުކުރީ ކައުންސިލު ދޮށުގަ އެވެ. މައިކްއާ ލައުޑްސްޕީކަރު ބޭނުންކޮށްގެން އެއްވި މީހުން ދިޔައީ އެ މީހުންގެ ޝުއޫރު ފާޅުކުރަމުންނެވެ. އެއްވި މީހުންނާ ބައްދަލުކޮށް ކައުންސިލުން ވަނީ ޒަކިއްޔާގެ މަރުގެ މައްސަލާގައި ކުރެވެން އޮތް ހުރިހާ ކަމެއް ކުރާނެ ކަމުގެ ޔަގީންކަން ދީފަ އެވެ.
މިއަދުވެސް ހަމަ އެ ސަރަަހައްދުގައި އިހުތިޖާޖުކުރަމުން އެބަދެ އެވެ. ކައުންސިލު ތެރެއަށް މުޒާހަރާގެ ބައިވެރިން ވަންނަން އުޅުމުން ފުލުހުން ވަނީ ހުރަސްއަޅާފަ އެވެ. އަދި އެ ސަރަަހައްދުން ކޯޑަން ކޮށްފަ އެވެ. އެހެންވެ މިހާރު ބަންދުކޮށްފައި އޮތް ސަރަހައްދާ މާ ދުރު ނޫން ތަނެއްގައި ތިބެގެން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
<iframe style="border: none; overflow: hidden;" src="https://www.facebook.com/plugins/video.php?height=476&href=https%3A%2F%2Fwww.facebook.com%2F100008542992398%2Fvideos%2F819615727014011%2F&show_text=false&width=267&t=0" width="267" height="476" frameborder="0" scrolling="no" allowfullscreen="allowfullscreen"></iframe>
ލޯންޗެއްގައި ގިނަ އަދަދެއްގެ ފުލުހުންވެސް ވަނީ މިއަދު އެ ރަށަށް ގޮސްފަ އެވެ.
ޒަކިއްޔާގެ މަރާލި ކަމަށް ތުުހުމަތުކޮށް މުޒާހަރާ ކުރަމުންދިޔަ ނަމަވެސް ޒަކިއްޔާ މަރާލާފައިވާ ކަމުގެ އެއްވެސް ހެއްކެއް ފެންނަން އަދި ނެތް ކަމަށް ހުސްވި ޑިސެމްބަރު މަހު ބޭއްވި ޕްރެސްގައި ފުލުހުން ބުންޏެވެ.
https://dhen.mv/271849
ޒަކިއްޔާއަށް ލިބިފައިވާ އަނިޔާތަކަކީ މީހެއްގެ ފަރާތުން ލިބުނު އަނިޔާތަކެއް ކަމަށް ނޫން ކަމަށް ވެސް އެ މައްސަލާގައި ބޭއްވި ޕްރެސްގައި ފުލުހުން ބުންޏެވެ.
މަރާލި ކަމަށް ރަށު މީހުން ގަބޫލު ކުރާ ސަބަބަކީ ޒަކިއްޔާ މަރުވެފައި އޮއްވާ ފެނުނު ގުދަނުގެ ތެރޭގައި ވަޅިއެއް އޮތުމުންނާއި ފެނުނު ވަޅީގައި ޒަކިއްޔާގެ ލޭ ހުރުމުންނެވެ. ޒަކިއްޔާ ފެނުނު އިރު އޭނާގެ ކަރުގައި ވަޅި އަޅާފައިވާ ކަމަށް ފުލުހުން ވެސް ބުނެފައިވެ އެވެ.




.jpeg?prefix=media)


ކޮމެންޓް